Ad

ރައީސްގެ އީދު ހަދިޔާ، ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ އެންމެންގެ މުސާރަ ބޮޑުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާން ކުރެއްވީ މިއަދު ފާހަގަ ކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޤައުމާ މުހާތަބުކުރައްވާ ދެއްވި ހިތާބެއްގައެވެ.

"މާތް ރަސްލަނާންގެ ވާގިފުޅާއެކު އެ ވަޢުދު މިއަދު ފުރިހަމަވެގެން މިދިޔައީ. މިއަދު ފެށުނު މެއި މަހާއެކު، މާތް ރަސްކަލާންގެ ވާގިފުޅުން، ޓީޗަރުންގެ މުސާރައަށް އެމުހިންމު ބަދަލު އަންނާނެކަން އިޢުލާން ކުރުމަކީ، މިއުފާވެރި ފިޠުރު ޢީދާއި، މިއަދު މިފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑަށް ލިބޭ އިތުރު އުފަލެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މިހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މިމުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ. އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި 6498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ. މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *