Advertisement
BML Home 2nd Ad

ރިޔާސީ ޤަރާރު ތަންފީޒުކޮށް "އިންޑިއާ އައުޓް" ހުއްޓުވަން ގޮވާލާ ޒުވާނުން މުޒާހަރާކޮއްފި

ރިޔާސީ ޤަރާރު ތަންފީޒުކޮށް "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ގޮވާލާ "މޯލްޑިވްސް ޔޫތު ފޯސް" އިން މުޒާހަރާކޮއްފިއެވެ.

މޯލްޑިވްސް ޔޫތު ފޯސް އިން މިއަދު މުޒާހަރާކޮށްފައިވަނީ އިންޑިއާ އައުޓް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީގައެވެ. ތަފާތު އެކި ޝުއޫރުތައް ހިމެނޭ ޕޯސްޓަރު ތަކާއެކު ކުރި މި މުޒާހަރާގައި ރައީސް ޔާމީން ހައްޔަރުކުރުމަށްވެސް ގޮވާލާފައިވެއެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް އަވަސް ކުރުމަށާއި ނަފްރަތު އުފެދޭ ގޮތަށް ކަންކަން ނުކުރުމަށާއި އަދި ދޭދޭ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުނުކުރުމަށެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީ ޒުވާނުން އަޑު އުފުލަން ފެށުމާއެކު އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް ފަރާތްތަކުން ވަނީ އެސަރަހައްދަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ދެ ބައި މީހުންގެ މެދަށްވަދެ ހަމަނުޖެހުމެއް ނުހިނގަނީސް އެސަރަހައްދު ކޮންޓްރޯލްކޮށްފައެވެ. އަދި ފުލުހުންގެ އަމުރަށް ކިޔަމަންވެ މޯލްޑިވްސް ޔޫތު ފޯސްއިން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

މޯލްޑިވްސްއިން ޔޫތު ފޯސްއިން މީގެ ދެދުވަސްކުރިން އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ޤައުމު ކުރީގައި ވެރިކަން ކުރި ބޭފުޅަކު ޤައުމު ދަރުވާލުމަށްފަހު އަލުން ވެރިކަމަށް އަންނަން މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ އަނިޔާވެރި ވެރިޔަކަށް ދެން އެފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި މޯލްޑިވްސް ޔޫތު ފޯސްއިން "އޭނާ ސައިޒް" ކުރާނެ ކަމަށް މި ވީޑިއޯގައި ބުނެފައިވެއެވެ. އެމަނިކުފާނު ސައިޒު ކުރާނެ ކަމަށް ބުނުމަކީ ރައީސް  ޔާމީންއަށް ދިން އިންޒާރެއް ކަމަށާއި މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންނަށްވެސް އެޕާޓީން ވަނީ ހުށައަޅާފައެވެ. މޯލްޑިވްސް ޔޫތުފޯސް އިން ބުނެފައިވަނީ "ސައިޒްކުރުން" މި ބަހުގެ މާނައަކީ ޤާނޫނީ އިމުގެ ތެރެއަށް ފެއްތުން ކަމަށެވެ. އަދި ރައީސް ޔާމީން "އިންޑިއާ އައުޓް" ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްްޔާގެ ޤަރާރާއި ކޯޓު އަމުރަށް ގޮންޖެއްސެވުމަށްފަހު ކަމަށް މޯލްޑިވްސް ޔޫތު ފޯސްއިން ބުނެއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. Adeeb vakkan kuree YAG ah rangalhakah. Namaves YAG Adeeb AA jassaaleee. Ehenve Adeeb YAG ah msg kohfa Youth force neruny…. Sirrakunnneh noon. Dhenves YAG vehje ehnu adeeb ah maafukuran

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add