Ad

އިސްލާމީ ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ނިމުން: މަރުގެ އަޑީގައިވެސް ތިބީ ހަމަ މުސްލިމުން

އިސްލާމީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ހިތްވަރުގަދަ ބޮޑެތި ލީޑަރުންވަނީ މަރާލެވިފައެވެ. އެލީޑަރުންނަކީ ހިތްވަރުގަދަ ޖެހިލުންކުޑަ ބައެކެވެ. ހުޅަނގުގެ ޤައުމުތަކާއި އެމެރިކާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެކަން ފާޅުގައި ބުނަމުންދިޔަ ލީޑަރުންނެވެ. ޢަސްކަރީ ގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑު ޢަސްކަރީ ބާރަކީ އެމެރިކާ ކަމުގައި އެންމެން ދެކެއެވެ. އެމެރިކާގެ ލަނޑުދަނޑިއަކީ އެގޮތުގައި ދެމި އޮތުމެވެ. އެމެރިކާއަކީ އަމިއްލަ އިޤްޞާދެއް އޮތް ޤައުމުން ބޭރު އެއްވެސް ޤައުމެއްގެ އެހީއަށް ނުޖެހި އޮންނަ ޤައުމެކެވެ. ޢަސްކަރީގޮތުން ބަލާއިރުވެސް އަހަރެއްގެ މައްޗަށް އެތައް ޓްރިލިއަން ޑޮލަރެއް ހޭދަކޮށްގެން ބަރު ހަތިޔާރު އުފައްދައި، އޭގެ ވިޔަފާރިކުރަމުންއާދެއެވެ.

އެމެރިކާއަށް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމީ ދުނިޔޭގެ ލީޑަރުންނެވެ. އެމީހުންގެ ޖެހިލުންކުޑަކަމާއި، ތެލުގެ މުއްސަނދިކަމާއިހުރެ، ވިޔަފާރީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އިސްލާމީ އެއްވެސް ޤައުމެއް ކުރިއަރައިދާކަށް އެމެރިކާ ބޭނުމެއްނުވާނެއެވެ. އެމެރިކާއިން އިޒްރޭލަށް ވާގިވެރިވެ އޮންނަ މައިގަނޑު ބޭނުމަކީ އިޒްރޭލަކީ އަރަބި އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ހަމަނުޖެހުން ބޮޑު ބައިގަނޑަކަށްވާއިރު، އެމީހުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވާގިވެރިވެ އިސްލާމީ ޤައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފައްދައި، ހަނގުރާމައިގެ މައިދާނަކަށް ޢަރަބި އިސްލާމީ ޤައުމުތައް ބަދަލުކޮށްލުމެވެ. އިޒްރޭލާއި ދެކޮޅަށް ތެދުވާ ކޮންމެ މީހަކު އެމެރިކާގެ ޓާގެޓަކަށް ހަދައެވެ. މިގޮތުން މި ރިޕޯޓްގައި މިފަދަ ވަރުގަދަ 3 ލީޑަރުންނަށް ބަލާލާނަމެވެ.

ޞައްދާމް ޙުސައިން

އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން

ޞައްދާމު ޙުސައިންއަކީ އެމެރިކާ އަދި އިޒްރޭލުން އެންމެ ބޮޑަށް ޖެހިލުންވި އިސްލާމީ ލީޑަރެވެ. އެމެރިކާއާއި އިޒްރޭލާއި ދެކޮޅަށް ފާޅުގައި ދެކޮޅު ހެދި ހަމައެކަނި ލީޑަރެވެ. ޞައްދާމު ޙުސައިންގެ ވެރިކަމުގައި ޢިރާޤުގައި އޮތް މަޒްހަބީ ޚިލާފުތައް އެއްކޮށްހެން ނައްތާލައްވައި، ވެރިކަމުގެ ބާރު ޤައުމުގެ ތެރޭގައި ގަދަކުރިއެވެ. ޢިރާޤަކީ އަމިއްލަވަންތަ މަސައްކަތްކުރާ ޤައުމަކަށް ހެދުމަށްޓަކައި މިންނެތް މަސައްކަތްކުރެއްވިއެވެ. އެގޮތުން ހަތިޔާރު އުފެއްދުމާއި، ތެލުގެ ވިޔަފާރި ފުޅާކުރިއެވެ. ގަލްފް ހަނގުރާމައިގައި މެދުއިރުމަތީގެ ކޮންޓްރޯލް ހޯދުމަށް ޞައްދާމު ޙުސައިން ހަނގުރާމަކުރެއްވިއިރު، އެހަނގުރާމައާހުރެ އެމެރިކާއަށް ހަމަނިދި ނުނިދުނެވެ. ސަބަބަކީ، ޢިރާޤުގެ ޢަސްކަރީ ބާރުވެރިކަމާއިހުރެ، އެސަރަޙައްދުގައި ހަމަނުޖެހުމެއް ނޯންނާނެކަން އެމެރިކާއަށް ރަނގަޅަށް އެނގޭތީއެވެ.

ފަލަސްޠީނުގެ އިންތިފާޟާ ފެށިގެންވެސް ޞައްދާމު ޙުސައިންއަކީ ފަލަސްޠީނާއި އެންމެ ގާތް އެކުވެރި ގުޅުމެއް ބަދަހިކުރެއްވި ލީޑަރެވެ. އަމިއްލަ ފުޅަށް ފަލަސްޠީނަށް ޒިޔާރަށްކޮށް ސަރުކާރާއި ރައްޔިތުންގެ ޙާލު ބައްލަވައި، މާލީ ގޮތުން ފަލަސްޠީނުގެ ސަރުކާރަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެއްވެސް އިންޒާރެއްނެތި ދުރާލައި ދިނުމެއްނެތި، 1990 ގެ އަހަރުތަކުގެ ކުރީކޮޅު އިޒްރޭލަށް އެތަކެއް މިސައިލް ޙަމަލާތަކެއް ފޮނުވާލީ އެއްވެސް ވަރަކަށް ޖެހިލުމެއްނެތިއެވެ. އެމިސައިލްތަކުގެ ސަބަބުން އިޒްރޭލްގެ ހައިފާ އަދި ބޮޑެތި ސްޓޭޓްތަކަށް އެތަކެއް ގެއްލުންތަކެއް ވެގެންދިޔައިރު، އޭގެ ރައްދުގައި އެމެރިކާ އަދި އިޒްރޭލަށް ޢިރާޤާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. ނުވިތާކަށް، ޞުލްޙައިގެ ވާހަކައަށް ޑައިރެކްޓްކޮށް ޞައްދާމް ޙުސައިންއާއި ވާހަކަ ދައްކަންވެސް އިޒްރޭލާއި އަދި އެމެރިކާއަށް ނުކެރުނުއިރު، މެދުވެރިއެއްގެ ގޮތުގައި އޭރުގެ އުރުދުންގެ ރަސްގެފާނު މެދުވެރިކޮށް ޞައްދާމް ޙުސައިން އާއި މަޝްވަރާކޮށް ޙަމަލާތަށް ހުއްޓުމަކަށް ގެންނަން އެމެރިކާއިން މަސައްކަތްކުރީއެވެ.

ޞައްދާމު ޙުސައިންގެ ވެރިކަން ދިގުލައިގެންގޮސް، އެމެރިކާއި ސެޕްޓެމްބަރ 11 ގެ ހަތިޔާރަކަށް ހަދައިގެން، ޢިރާޤަށް އަރައިގަތީ، ކައިރީގައިތިބި އިސްލާމީ ޤައުމުތަކުގެ ވާޤިވެރިކަމާއެކު، އެޤައުމުތަކުގެ ފަސްގަނޑުގައިތިބެ، ޢިރާޤަށް ޙަމަލާދީގެންނެވެ. ޞައްދާމު ޙުސައިން ހުންނެވިތަނުގެ މަޢުލޫމާތު އެމެރިކާއަށް ފޯރުކޮށްދިނީވެސް ޢިރާޤު މީހެކެވެ. އޭނާއަށް ޙިމާޔަތާއި ރައްކާތެރިކަންދީ އެމެރިކާއަށް ބަދަލުކުރިކަމުގެ މަޢުލޫމާތު ފަހުން ލިބިފައިވެއެވެ.

ކާނަލް މުއައްމަރަލް ގައްޒާފީ

ލީބިއާގެ ކުރީގެ ރައީސް ގައްޒާފީ

ލީބިޔާގައި ދިގު މުއްދަތަކަށް ވެރިކަންކުރި ގައްޒާފީއަކީ ލީބިޔާއަށް ތަރައްޤީއާއި ތަމައްދުނު ގެނައުމުގެ މޭސްތިރިއެވެ. ވެރިކަމާއި ޙަވާލުވުމުގެ ކުރީގައި ލީބިޔާއަކީ ނިސްބަތުން ފަޤީރު ޤައުމެކެވެ. އެހެން ނަމަވެސް، ވެރިކަމާއި ޙަވާލުވެ ޢުމްރާނީ ގޮތުންނާއި އެތައް ރޮނގަކުން ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރެއްވިއެވެ. ތެލުގެ ވިޔަފާރި ފުޅާކޮށް އިޤްތިޞާދު ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ލީބިޔާވެގެންދިޔައީ ވިޔަފާރީގެ ހަބެއްގެ ގޮތުގައެވެ. އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު އެޤައުމުގެ ޔުނިވަރސިޓީތަކުން ފަހިކޮށްދިނެވެ. އިސްލާމީ ޤައުމުތަކާއި ލީބިޔާއާއި ދެމެދުގައިވާ ދެބަސްވުންތަށްވެސް ނިމުމަކަށް ގެނައީއެވެ. ގައްޒާފީގެ ވެރިކަމުގައި މަތީ ތަޢުލީމާއި އަސާސީ ޚިދުމަތްތަށް އެޤައުމުގައި ހިލޭ ފޯރުކޮށްދޭން ފެށިއެވެ. ލީބިޔާ ހިންގުމުގައި ޤައްޒާފީ ގެންގުޅުނު މާސްޓަރމައިންޑް ޕްލޭނުގެ ދަށުން ޢަސްކަރިއްޔާ އަދި އެހެނިހެން ރޮނގުތަކުގައިވެސް އެންމެ އިސް މީހަކީ ގައްޒާފިއެވެ. ހުޅަނގުގައި ދިރިއުޅޭ މުސްލިމުންނަށް ބާރުވެރިކަން ދިނުމުގެ ޚާއްޞަކަމެއްވެސް ގައްޒާފީ ގެންގުޅުއްވިކަމުގެ ޚަބަރުތަކެއް މަޝްހޫރުވެގެންދިޔައެވެ. އެގޮތުން، ކަނޑިޔާއި ހަނގުރާމަވެރި ހަތިޔާރަކާއި ނުލައި ޔޫރަޕްގެ ނިމޭނީ މުސްލިމު ބައްރެއްގެ ގޮތުގައިކަމުގައި ގައްޒާފީ ވިދާޅުވިއެވެ.

ލީބިޔާގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެގެންދިޔައީ އައިސީސީ އިން ގައްޒާފީ އަދި ޢާއިލާ ހައްޔަރުކުރަން އަމުރު ނެރުނު ހިސާބުންނެވެ. އެތެރޭގެ މަޒްހަބީ ޚިލާފުތަށް ނިންމަންކުރި މަސައްކަތުން އޭރުކުރި ހަނގުރާމަތަކުގެ ބަދަލު ހިފަން، އެމެރިކާއިން ލީބިޔާގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވިއެވެ. ގައްޒާފީ ހައްޔަރުކޮށްފައިވަނީ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. ހައްޔަރުކުރުމަށްފަހު ބޮލަށް ބަޑިޖަހައި މަރާލީއެވެ.

ޙުސްނީ މުބާރަކް / މުޙައްމަދު މުރްޞީ

މިސްރުގެ ކުރީގެ 2 ރައީސުން ކަމަށްވާ ހުސްނީ މުބާރިކާއި މުރުސީ

މިޞްރުގެ ކުރީގެ ދެރައީސުންކަމުގައި ޙުޞްނީ މުބާރަކް އަދި މުޙައްމަދު މުރުޞީއަކީ އިސްލާމީ ދުނިޔޭގެ މަޤުބޫލުކަން ބޮޑު ދެރައީސުންނެވެ. މިޞްރުގައި ވެރިކަންކުރެއްވިއިރު، އިސްލާމީ ޤައުމުތަކާއި ގާތްގުޅުން ބަދަހިކުރެއްވި ދެ ލީޑަރުންނެވެ. ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް އަމިއްލަ އިސްނެގުމަށް ގިނަ ޢަދަދެއްގެ މަސައްކަތްކުރެއްވި ދެރައީސުންނެވެ. އިސްލާމީ ދުނިޔޭގައި ފަލަސްޠީނަށް ގާތް ގުޅުން ބަދަހިކުރި، މިޞްރުގެ ނަމޫނާ ރައީސުންނެވެ. މިސަބަބާހުރެ އެމެރިކާއިން އައީ ދެރައީސުންގެ ސަރުކާރަށް ދަތިކުރަމުންނެވެ. ފަލަސްޠީނާއި މިޞްރާއި ގުޅޭ ހިސާބުން ބޯޑަރު ހުޅުވައި، މިޞްރަށް އެތެރެވެވޭނެ ގޮތް ހައްދަވައިދެއްވިއެވެ. މުހައްމަދު މުރުޞީ ނިސްބަތްވަނީ މުސްލިމް ބްރަދަހުޑަށެވެ. މުސްލިމް ބްރަދަރހުޑަކީ މެދުއިރުމަތީގައި ޖިހާދުކުރަމުން އަންނަ ހުރިހާ ޖަމާޢަތަކާއި މުސްލިމް ޤައުމުތަކާއި ވަރަށް ގާތްގުޅުމެއް ބާއްވަމުން އަންނަ ޖަމާޢަތެކެވެ. ޙަމާސް ޖަމާޢަތާއި އިސްލާމީ ޖިހާދުފަދަ ފަލަސްޠީނުގެ ޖަމާޢަތްތަކާއި މުޙައްމަދު މުރުޞީ އަދި ޙުސްނީ މުބާރަކްގެ ވެރިކަމުގައި ޚާއްޞަ ގުޅުމެއް ބޭއްވިއެވެ. މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އިޒްރޭލުގެ ޢުދުވާނުގައި ޣައްޒާއިން ޒަޚަމްވާ އެތަކެއް ރައްޔިތަކަށް މިސްރުގެ ހޮސްޕިޓަލްތަކުން ސަރުކާރުގެ ޚަރަދުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނެވެ. ކާބޯތަކެތި މިސްރުގެ ބާޒާރުތަކުން ފޯރުކޮށްދެމުންދިޔައެވެ.

ޙުސްނީ މުބާރަކްގެ ވެރިކަމުގައި ޢިމާރާތްކުރުމާއި، އަންނައުނާއި، ބޭސްވެރިކަމުގެ ރޮނގުން ގިނަ މަސައްކަތްތަކެއްކުރިއެވެ. ޙުސްނީ މުބާރަކާއި މުހައްމަދު މުރުސީގެ ވެރިކަމުގައި އިޒްރޭލާއި މިޞްރާއި އެއްވެސް ގުޅުމެއް ނުބާއްވައެވެ. ނުވިތާކަށް އިޒްރޭލަށް ޒިޔާރަތްކުރުމަށްޓަކައި ލިބުނު ދަޢުވަތުތަށްވެސް އަނބުރާ ރައްދުކުރެއްވިއެވެ. 2003 ވަނަ އަހަރުގެ އެމިރިކާ ޢިރާޤް ހަނގުރާމައާއި ބެހޭ ގޮތުން ސުވާލުކުރުމުން، އެހަނގުރާމަ ފެށުމަށްވުރެ އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ޖަރީމާތަށް ހުއްޓުވަން އެމެރިކާ މާއަޢުލާކަން ބޮޑުކަމުގައި ބުނެ އެމެރިކާގެ އޭރުގެ ހައްދު ފަހަނައެޅި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ކުރިމަތީގައިހުރެ ހުސްނީ މުބާރަކް ވިދާޅުވެފައިވެއެވެ.

މުޙައްމަދު މުރުޞީގެ ވެރިކަން ފެށިގެން އައިރު އިސްލާމީ ދުނިޔޭގެ ވެރިކަން ބަދަލުކުރަންވަނީ ފެށިފައެވެ. ފުރަތަމަ، ފެށުނީ ޔަމަނާއި ހަމައިންނެވެ. ދެން ލީބިޔާއެވެ. އެއަށްފަހު ސީރިޔާ ހަނގުރާމަ ފެށިގެންކުރިޔަށްދަނީއެވެ. އެހެން ނަމަވެސް، މުޙައްމަދު މުރުޞީވަނީ އެހަމަނުޖެހުންތަށް ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ސީރިޔާގެ ސަރުކާރާއި ލީބިޔާގެ އިސްވެރިންނާއި ވާހަކަދެއްކިއެވެ. އީރާނާއި ޚާއްޞަ ގާތްގުޅުމެއް ބޭއްވިއެވެ. މުޙައްމަދު މުރުޞީގެ ވެރިކަން ވައްޓާލީ އެމެރިކާއިން ފަންޑްކޮށްގެންކަމުގައި މުޅި ދުނިޔެވެސް ދަނެވެ. މިހާރު މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އަކީވެސް އެމެރިކާގެ ގޮނޑި ކޮއްކޮ ރައީސެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *