އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަނުކުރައްވަން ނިންމަވާފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނާ ގުޅޭގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބުގައި އެކަމިކުފާނު ވާދަ ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީރައީސް ނަޝީދު ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެސް ނޫނީ ޕާޓީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދާއި ކުރައްވާފައި ނުވާނެކަމަށެވެ އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ނުކުރަން ވެސް ނުނިންމާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމަކާ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވެސް ވަނީ މިކަން ދޮގުކުރައްވާފައެވެ.