ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ފުރިހަމަ ތައުޒިޔާގެ މެސެޖެއް އިއްވައިފިއެވެ.
މި ފަހަރު އަރަބި ބަހުންނެވެ. ޔޫއޭއީގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒާހިދު ބިން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝާހިދު ތަޢުޒިޔާ ވިދާޅުވީ ޢަރަބި ބަހުންނެވެ. ފަށުވިކަމާއި ދޫފުޅު ފަރިތަކާއެކުގައެވެ. މިއީ އެމަނިކުފާނުގެ ކިބައިން ފެނުނު މުޅިން ތަފާތު ހުނަރެކެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވުމުން ދިވެހި ބަހުން ތަޤުރީރުކުރައްވައި، ތާރީޚުގެ ތެރެއަށް ވެންނެވި ދިވެހި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފާހަގަވެގެން ދަނީ ހުނަރުން ފުރިފައިވާ ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ. މިފަހަރު ގިނަ ބައެއްގެ ސަމާލުކަމަށް އައީ އެމަނިކުފާނު ޢަރަބި ބަހުން އިއްވެވި ތަޢުޒިޔާގެ މެސެޖެވެ. ޝާހިދުގެ މިފަދަ ހުނަރުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ޕޯޑިއަމްގައި އަދި ބައިނަލް އަޤުވާމީ މަޝްރަހުގައި ދިވެހިންނާއި ދިވެހިރާއްޖޭގެ ނަން އާ އުސްމިންތަކަކަށް ވާސިލްވެއެވެ.
One Response
dhonkaloa fonikandan huttaa gaumunindiya shashah goa nimijjw