ކުރީގެ ނައިބް ރައީސް އަޚުމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް "އެމްޓީޑީ"އަށް ފުލުފުލުން މެމްބަރުން އިތުރުވާން ފަށައިފިއެވެ.
އެޕާޓީއަށް ވަންނަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ މީގެކުރިން ސިޔާސީ ޕާޓީއަކާ ނުގުޅި ތިބި ފަރާތްތަކެވެ. މީގެތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި ތިއްބެވި ފަރާތްތައް އެމްޓީޑީއާ ގިނަ އަދަދަކަށް ގުޅެމުންދާކަން ފާހަގަކުރެވެއެވެ. މީގެތެރޭގައި ޕައިލެޓުންނާއި، ކެބިންކުރޫއިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ފަރާތްތައް ހިމެނެއެވެ.
Whale Submarine adhi Tourism dhaairaaga gina massahkaiy thakeh kuri adhi mihaaruge
Pilot Zurugaan Hussain (Zureys) ,
Maldives Third-Way Democrats MTD ah Soe koffi !#Aahiyaalu#FulufulunMTDah pic.twitter.com/WEKUXKZu1o
— Maldives Third-Way Democrats (@MTDSecretariat) May 24, 2022
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް "އެމްޓީޑީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮއްފައިވަނީ 27 ޑިސެންބަރ 2018 ގައެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) 2018ގައި އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކުރުމާއި އެކު ފެނިގެން ދިޔައީ އެތަކެއް ޒުވާންނެއް އެޕާޓީއާ ގުޅުނުތަނެވެ. އަދި އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖައްސާއަކީ އެންމެ ގިނަ ޒުވާނުން އެއްތަނަކަށް އެއްވެ މިހާތަނަށް ހިންގި އެންމެ ބޮޑު ހަރަކާތެވެ. އެމްޓީޑީއާ ގުޅޭ ފަރާތްތަކުން ބުނެފައިވަނީ "އާ ހިޔާލު" ތަކާއެކު ސިޔާސީ ގޮތުން ކުރިއަށްދެވެން އޮތް އެންމެ ރަނގަޅު ޕާޓީއަކީ އެމްޓީޑީ ކަމަށެވެ.
One Response
އިތުރު ޕާޓީތަކެއް ބޭނުމެއް ނޫނެވެ