Ad

އިންޑިއާއައުޓް ބެނަރ ނަގަން ދަށުކޯޓުންކުރި އަމުރު ޕީޖީ އިން ހައިކޯޓްގައި ދިފާއުއެއް ނުކުރޭ: ހައިކޯޓް ހުކުމް

އިއްޔެ ހައިކޯޓްއިން "އިންޑިއާ އަައުޓް" ބެނަރ ނަގަން ކްރިމިނަލްކޯރޓް އިން ކުރި އަމުރު ބާތިލުކުރި އެންމެ ބޮޑު އެއް ސަބަބަކަށް ހައިކޯޓް ގެ ހުކުމްގައި ފާހަގަ ކޮށްފައި ވަނީ ޕީޖީ އިން މައްސަލަ ރައްދުވާފަރާތުގެ ހައިސިްޔަތުން ކްރިމިނަލް ކޯޓްގެ ހުކުމް ދިފާއު ކޮށްފައެއް ނުވާކަމަށެވެ. ރައީސް ޔާމީނު ފަރާތުން ހައިކޯޓްގައި އެދިފައިވަނީ ކްރިމިނަލް ކޯޓް އަމުރަކީ ގާނޫނުތަކާއި ހިލާފް އަމުރެއްގޮތަށް ކަނޑައަޅައި ދިނުމަށް ކަމަށް ވާއިރު ޕީޖީން ހައިކޯޓްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިފާއު ކޮށް އެއަމުރަކީ ގާނޫނާ އެއްގޮތަށް ނެރުނު އަމުރެއްގޮތުގައި ވަކާލާތު ކޮށްފައެއްވެސް ނުވެއެވެ. އަދި އެގޮތަށް ހުށަހަޅާފައެއްވެސް ނުވެއެވެ. ހަމައެގޮތަށް ރައީސް ޔާމީނު ސުޕްރީމް ކޯޓުން ދޫވީ ވެސް މިފަދަ އެތައް ޓެކްނިކަލް މައްސަލަތަކެއް ޕީޖީ ފަރާތުން ފާހަގަކޮށްފައެވެ.

ހައިކޯޓް ހުކުމް ގައި މައްސަލައައި ބެހޭ ގޮތުން ފާހަގަވާ ކަންތައްތަކުގެ ތެރޭ ހިމެނޭ 70 ވަނަ ނުގުތާގައި ފާހަގަ ކޮށް ފައިވަނީ "ޕްރޮސިކިއުޝަނުން އިސްތިއުނާފުގެ ޖަވާބުގެ ގޮތުގައި މި ކޯޓަށް ލިޔުމުން ހުށަހެޅި 06 (ހައެއް) ސަފުހާގެ ޖަވާބުގައިވެސް އަދި ޝަރީޢަތުގެ އަޑުއެހުމެއްގައިވެސް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމުގައި ބުނެ ފައެއް ނުވެއެވެ. އަދި އެ އަމުރަކީ ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް މިކޯޓުގައި އެދިފައިވެސް ނުވެއެވެ. ޕްރޮސިކިއުޝަނުން އެދުނުގޮތް މިރިޕޯޓުގެ 38 ވަނަ ނަންބަރުގައި އެ ފަރާތުން އެދުނު ޢިބާރާތުން ބަޔާންކުރެވިފައި އެވަނީއެވެ."

އަދި 38 ވަނަ ނުކުތާގައި ޕީޖީން އިސްތިއުނާފުރައްދުވާ ފަރާތެއްގެ ހައިސިއްޔަތުން އެދިފައިވަނީ:

"ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، އިސްތިއުނާފުކޮށްފައިވާ ސަބަބުތައް ނުވަތަ ނުކުތާތަކުގެ މައްޗަށް ބަލައި،
އިސްތިއުނާފުކޮށްފައިވާ އަމުރާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުން އެދެމެވެ."

މިއީ ޕީޖީގެ އިހުމާލުންވީކަމެއްތޯ އަދި ސާފެއްނުވެއެވެ. ނަމަވެސް މިފަދަ އެތައް މައްސަލައެއް ދައުލަތާ ދެކޮޅަށް ނިމިފައި ހުރީ މިފަދަ އަސާސީ މައްސަލަތަކާއިހުރެގެންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *