Ad

ޕީއެންސީގެ ކައުންސިލް މެމްބަރު "ކޯޗް އައްލޯ" އެމްޓީޑީއަށް ސޮއިކޮއްފި

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކައުންސިލް މެމްބަރު އަބްދުﷲ ރަޝީދު "ކޯޗް އައްލޯ" އެމްޓީޑީއަށް ސޮއިކޮއްފިއެވެ.

އަބްދުﷲ ރަޝީދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕީޕީއެމްއަށް ޒުވާނުން ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އިސްވެ އުފައްދާފައިވާ އެމްޓީޑީއަށް މިހާރު ދަނީ "ފުލުފުލުން" މީހުން ވަންނަމުންނެވެ. މީގެތެރޭގައި އެންމެ ފާހަގަކުރެވެނީ މީގެކުރިން ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ފަރާތްތައް އެޕާޓީއަށް ވަންނަމުން ދިއުމެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ޕައިލެޓުންނާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނެއެވެ. ކުރިއަށް އޮތް ތާންގައި ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ އިތުރު މެމްބަރުންނާއި އެ ކޯލިޝަންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޓީޑީއާ ގުޅޭނެ ކަމަށް އެމްޓީޑީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *