ޗައިނާގެ ސްޓޭޓް ކައުންސިލުން މިދިޔަ އަންގާރަ (31 މެއި) ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ ކޮވިޑް-19 އާއި ރަޝިޔާ އާއި ޔޫކްރޭންގެ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިގްތިސާދު ހަމައަކަށް އެޅުވުމަށް އަމާޒު ހިފާފައިވާ އާ ޕޮލިސީ ތަކެއްގެ ތަފްޞީލު ހާމަކޮށްފައެވެ.
މި މި ސިޔާސަތުތައް އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ހަފްތާގައި ސްޓޭޓް ކައުންސިލްގެ އެގްޒެކެޓިވް ބައްދަލުވުމެއްގައި ކަމަށާއި މިހާރު ސްޓޭޓް ކައުންސިލުން ވަނީ މިސިޔާސަތުގެ ތަންފީޒުކުރުމަށް ލޯކަލް ގަވަރމަންޓްތަކަށް އިލްތިމާސްކޮށްފައެވެ.
އިޤުތިސާދީ މިސިޔާސާތުތަކުގެ ތެރޭގައި ފިސްކަލް، ކޮންސަމްޕްޝަން އަދި ސަޕްލައި ޗޭން ހިމެނޭ ގޮތަށް ހަ ދާއިރާއެއް ހިމެނޭއިރު، ޖުމްލަ 33 ފިޔަވަޅެއް އަޅާފައިވެ އެވެ.
ފިސްކަލް ޕޮލިސީގެ ގޮތުން ބަލާއިރު ޗައިނާއިން ލޯކަލް ގަވަރމަންޓް ސްޕެޝަލް ބޮންޑްތައް ދޫކުރުން އަވަސްކޮށް، ސަޕޯޓް ދިނުމުގެ ދާއިރާ ފުޅާކުރުމަށް ނިންމާފައިވެއެވެ. ސަޕޯޓް ލިސްޓުގައި ހިމެނޭ 9 ދާއިރާގެ އިތުރުން އާ އިންފްރާސްޓްރަކްޗާ އާއި އާ ހަކަތައާ ބެހޭ މަޝްރޫއުތަކަށް ސަޕޯޓް ދިނުމަށް އިސްކަން ދޭން ޖެހޭ ކަމަށް ސްޓޭޓް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ޗައިނާއިން މިއަހަރު ދޫކުރާ 3.45 ޓްރިލިއަން ޔުއާންގެ ސްޕެޝަލް ބޮންޑް ކޯޓާ ދޫކުރުމާއި ބޭނުންކުރުމުގެ މަސައްކަތް އަވަސްކުރާނެއެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ދޫކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، އޮގަސްޓް މަސް ނިމޭއިރު އެ ފަންޑު ބޭނުންކުރުން ނިންމުމަށް މަސައްކަތް ކުރުމަށް ވަނީ އަމާޒުކޮށްފައެވެ.
ޗައިނާއިން ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް ފައިނޭންސިން އެފިޝަންސީ ރަނގަޅުކޮށް، އިނީޝިއަލް ޕަބްލިކް އޮފާރިންގްސް އާއި ރީފައިނޭންސިން އާންމު ކުރުމަށް މަގުފަހިކޮށްދޭން ވަނީ ނިންމާފައެވެ. މިއީ ހޮންކޮންގުގައި ލިސްޓް ކުރުމަށް މެއިންލޭންޑް ކުންފުނިތަކަށް އެހީތެރިވެދީ، ކޮލިފައިޑް ޕްލެޓްފޯމް އެންޓަޕްރައިސަސްތައް ބޭރުގައި ލިސްޓް ކުރުން ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފައެވެ.
އިންވެސްޓްމަންޓާއި ކޮންޒަމްޕްޝަން ކުރިއަރުވާ އިގްތިސާދުގެ ދުޅަހެޔޮ ތަރައްގީއަށް އެހީތެރިވެދީ، ކުދި، މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ހޯދައިދިނުމަށް އާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ވަޒީފާގެ ބާޒާރު ހަމައަކަށް އެޅުވުމަށް އަދާކުރާ ދައުރުވެސް ހަރުދަނާ ކުރުންވެސް ސްޓޭޓް ކައުންސިލްގެ ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.
ކާރު ވިއްކުން އިތުރުކުރުން
އެއްގަމު އުޅަނދުފަހަރު ގަތުމަށް އާ އެއްވެސް ހުރަހެއް ނެރެގެން ނުވާނެ ކަމަށާއި، ގަތުމަށް ހުރަސް އަޅާފައިވާ ސަރަހައްދުތަކުން އެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދޭން ޖެހޭ ކަމަށް ސާކިއުލާގައިވެ އެވެ.
ޗައިނާގެ ރީޓެއިލް ވިޔަފާރީގެ 10 ޕަސެންޓް ހިއްސާކުރަނީ އޮޓޯމޮބައިލް އިންޑަސްޓްރީއެވެ
ޕެސެންޖަރު ކާރުތަކުން ނަގާ ޕަރޗޭސް ޓެކްސް ދެބައިކުޅަ އެއްބައި ކުޑަކުރާނެކަމަށްވެސް މިހާރުވަނީ އިއުލާން ކޮށްފައެވެ. އޭޕްރީލް މަހު ޗައިނާގެ ޕެސެންޖަރ ކާރު ވިއްކުން ތިންބައިކުޅަ އެއްބައި އަށް ވުރެ ދަށަށް ދިޔައެވެ. މިކަމާއިގުޅިގެން އޮޓޯމޮބައިލް ވިއްކުން އިތުރުކުރުމަށް އެކުލަވާލި ފިޔަވަޅުތަކުގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފައެވެ.
ޗައިނާގައި އާ އެނާޖީ ވެހިކަލް ވިއްކުން ކުރިއެރުވުމަށާއި ޗާޖިން ފެސިލިޓީތައް އެޅުމަށް ހީވާގިކަމާއެކު އެހީތެރިވުމަށް ވެސް ޗައިނާ ސަރުކާރުން ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ޝަންހާއީ އާއި ޝެންޒެން ފަދަ ސިޓީތަކުން ވަނީ ރަޖިސްޓްރޭޝަން ޕްލޭޓްގެ ކޯޓާ އިތުރުކޮށްފަ އެވެ. ޖިލިން އާއި ޗޮންގްކިންގް ފަދަ ޕްރޮވިންޝަލް ފެންވަރުގެ ސަރަހައްދުތަކުން އަލަށް ކާރު ގަތުމަށް ސަބްސިޑީ ދިނުމާއި ޕިކަޕް ޓްރަކްތަކަށް އާބަން އޭރިއާތަކަށް ވަނުމަށް މަގުފަހިކޮށްދިނުން ހިމެނޭ ގޮތަށް ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
ބަލިމަޑުކަމުގެ ހާލަތު ގޯސްވެފައިވާ އިތުރު ދާއިރާތަކަށް ސޯޝަލް-އިންޝުއަރެންސްގެ ފައިސާ ދެއްކުން ފަސްކުރުން
ވަކި ސިނާއަތްތަކަށް ކުރިމަތިވެފައިވާ މާލީ ބުރަ ލުއި ކުރުމަށް އެންމެ ފަހުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވިޔަފާރިތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ފައިސާ ދެއްކުން ފަސްކުރުން ވެސް މި ޕެކޭޖުގައި ހިމެނިފައިވެއެވެ.
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ހިމެނޭ ގޮތަށް ހަތަރު އިދާރާއެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޓޯ އުފެއްދުމާއި ޖެނެރަލް މެޝިނަރީ އުފެއްދުމުގެ ދާއިރާ ހިމެނޭ 17 ސިނާއަތަކަށް ސޯޝަލް-އިންޝުއަރެންސް ޕޭމަންޓްތަކުގެ ކޯޕަރޭޓް ހިއްސާ ފަސްކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
މީގެ ކުރިން ވަނީ ކެޓަރިން، ރީޓެއިލް އަދި ޓޫރިޒަމް ފަދަ ބަލިމަޑުކަމަށް އިތުރަށް ހުށަހެޅިފައިވާ ފަސް ދާއިރާއަކަށް ޕޭމަންޓް ޑިފެރަލްސް ތައާރަފްކޮށް، އެފަދަ ވިޔަފާރިތަކަށް އެހީތެރިވެދީފައެވެ.
އިޤްތިޞާދީ ހަމަޖެހުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ތަކުރާރުކޮށް ބާރުއެޅުމާއި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، ރިކަވަރީ ޓްރެންޑް ދެމިއޮންނަ ގޮތަށް އޮތް ކަމަށް ޗައިނާ މިންޝެންގް ބޭންކުގެ މެކްރޯ ރިސާޗްގެ ޑިރެކްޓަރު ވަންގް ޖިންގްވެން ވަނީ ވިދާޅުވެފައެވެ.