Ad

އިރުވަރު ނޫހުގެ މެނޭޖިންގ އެޑިޓަރ ގެ މަޤާމަށް ޔާނާ އައްޔަނު ކޮށްފި

އިރުވަރު އޮންލައިން ނޫހުގެ "މެނޭޖިންގ އެޑިޓަރ" ގެ މަޤާމަށް މަރިޔަމް ޝިޔާނާ (ޔާނާ) އައްޔަނު ކޮށްފިއެވެ.

މިމަޤާމަށް ޝިޔާނާ އައްޔަނު ކުރުމާއި ގުޅިގެން މިހާރު ވަނީ ޒިންމާތަކާއި ހަވާލުވެ މަސައްކަތްތައް ފައްޓަވާފައެވެ. މަރިޔަމް ޝިޔާނާ ނުވަތަ އާންމު ނަމުން ނަމަ "ޔާނާ" މީގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރެއްގެ މަޤާމުގައެވެ. މާލޭ ސިޓީ ކައުންސިލުގެ އެއް އަހަރު ދުވަހުގެ ކޮންޓެރެކްޓްގެ ކުރިން ދައުލަތުގެ މީޑިއާގައިވެސް ޔާނާ ވަނީ މަސަައްކަތް ކުރައްވާފައެެވެ.

ޔާނާ ވިދާޅުވިގޮތުގައި އޭނާ އިރުވަރު ނޫހާއި ގުޅުނީ، އިރުވަރު ނޫހަކީ އަދި ވަރަށް ހަގު ނޫހަކަށް ވުމުގެ އިތުރުން، މިހާރުވެސް ވަރަށް ބުރަ މަސައްކަތުން، ވަރަށް ގިނަ ގޮންޖެހުންތަކާއި އެކު ކުރިއަށް ގެންދާ ނޫހަކަށްވާތީ، އެގޮންޖެހުންތަކާއި ކުރިމަތިލައިގެން ކާމިޔާބު ނޫހަކަށް އިރުވަރު ހެދިދާނެ ކަމަށް ޤަބޫލުކުރާތީ އެ އަމާޒަށް މަސައްކަތް ކުރުމަށެވެ.

ޔާނާ ވިދާޅުވިގޮތުގައި އޭނާގެ މެނޭޖިންގ އެޑިޓަރ ކަމުގައި، އިރުވަރު ނޫހުގެ ކޮންޓެންޓް މުއްސަނދި ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، އިވެންޓްތައް ޕްރޮމޯޓް ކުރުމުގެ ޕާޓްނަރެއްގެ ދައުރާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުން ބާރުވެރި ކުރުވުމުގެ ކޮންޓެންޓް އިތުރު ކުރާނެވެ. އަދި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ނޫހަކަށް އިރުވަރު ހެދުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިރުވަރު ނޫހުގައި މަސައްކަތް ކުރަން ޝައުޤު ހުންނަ ފަރާތްތަކަށް ވަރަށް އަވަހަށް އެފުރުސަތު ހުޅުވާލާނެ ކަމަށްވެސް ޔާނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *