Ad

ޗައިނާގެ ކުއްލި އިންސާނީ އެހީގެ ފުރަތަމަ ބެޗް ސްރީލަންކާ ސަރުކާރާއި ހަވާލުކޮށްފި

ސްރީލަންކަ މިވަގުތު އޮތީ ބޭރު ފައިސާއާއި ތެލާއި އެހެނިހެން ޒަރޫރީ ސާމާނުގެ ދަތިކަމުގެ އިތުރުން އިންފްލޭޝަން މަތިވަމުން އަންނަ ބޮޑު އިގްތިސާދީ ދަތިކަމެއްގެ ތެރޭގައެވެ.

ޗައިނާއިން ސްރީލަންކާއަށް ފޯރުކޮށްދޭ ކުއްލި އިންސާނީ އެހީގެ ފުރަތަމަ ބެޗް ސްރީލަންކާއަށް ގެނެސް ލަންކާ ސަރުކާރާއި ހަވާލުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ކީ ޒެންހޮންގް ވިދާޅުވީ ސްރީލަންކާއަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުން އަރާގަތުމަށް ޗައިނާއިން ފުރިހަމައަށް އެހީތެރިކަމާޢި އެއްބާރުލުން ފޯރުކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް ދެމިއޮންނާނެ ކަމަށެވެ.

ޗައިނާއިން ފޯރުކޮށްދޭ ބޭހުގެ އެހީގެ އަގުވަޒަން ކުރައްވަމުން ސްރީލަންކާގެ މިނިސްޓަރ އޮފް ހެލްތު ކެހެލިޔާ ރަމްބުކްވޭލާ ވިދާޅުވީ މި ގޮންޖެހުން ބޮޑު ދުވަސްވަރު ސްރީލަންކާއަށް އެހީތެރިވުމަށް ޗައިނާ ސަރުކާރާއި ރައްޔިތުން ކުރިއަށް ނިކުތްކަމީ އުފާކުރާ ކަމެއް ކަމަށެވެ.

ސްރީލަންކާ މިވަގުތު އޮތީ ބޭރު ފައިސާއާއި ތެލާއި އެހެނިހެން ޒަރޫރީ ސާމާނުގެ ދަތިކަމުގެ އިތުރުން އިންފްލޭޝަން މަތިވަމުންދާ ބޮޑު އިގްތިސާދީ ދަތިކަމެއްގެ ތެރޭގައިކަމަށް ޗައިނާ އިން ވަނީ އިއުލާންކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *