Ad

ޗައިނާގެ އެހީގައި ޕާކިސްތާނުގައި ބިނާކުރި ގްވާޑާ ބަނދަރު އީސްޓްބޭ އެކްސްޕްރެސްވޭ އިފްތިތާހުކޮށްފި

ހުކުރު ދުވަހު އިފްތިތާހުކުރި 19.49 ކިލޯމީޓަރުގެ އެކްސްޕްރެސްވޭއަކީ ޕާކިސްތާނުގެ ގްވާޑާގައި ދެމެހެއްޓެނިވި ތަރައްގީއަށް ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. 

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ގްވާޑާ ސިޓީގައި ޗައިނާގެ އެހީގައި ހަދާފައިވާ ގްވާޑާ ބަނދަރުގެ އީސްޓްބޭ އެކްސްޕްރެސްވޭ އިފްތިތާހު ކުރީ މިދިޔަ ހުކުރު ދުވަހުގައެވެ.

ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގެ ދަށުން 19.49 ކިލޯމީޓަރުގެ އެކްސްޕްރެސްވޭ ރަސްމީކޮށް 2017 ވަނަ އަހަރު ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީން ފެށީ 2017 ވަނަ އަހަރުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވަނީ ޗައިނާއަށްގެ ހިލޭ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާއިން ވަރަށް މަތީ ފެންވަރުގެ އެކްސްޕްރެސްވޭއެއް ހަދާފައިވާކަމަށާއި އެ އެކްސްޕްރެސްވޭއަކީ އައްސޭރިފަށުގެ ހައިވޭއާ ބަނދަރު ގުޅުވައިދޭ މުހިންމު މަގެއް ކަމަށް ފާހަގަކޮށްފައެވެ.

ކަނެކްޓިވިޓީ އިތުރުކޮށް، ކުރިއަށް އޮތްތަނުގައި ބަނދަރުން ފެށިގެން ޕާކިސްތާނުގެ ދެކުނުގެ ބަނދަރު ސިޓީ ކަރާޗީއާ ހަމައަށް މުދާ ގެންދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

"ގްވާޑާގެ ތަރައްގީ އަވަސް ކުރުމަށް ޕާކިސްތާނުން އަޒުމް ކަނޑައަޅައިފި،" ގްވާޑާގެ އެތައް ހާސް އާއިލާއަކަށް ޗައިނާއިން ސޯލާ ޕެނަލް ހަދިޔާކޮށް، ހޮސްޕިޓަލަކާއި ދިރިއުޅުމުގެ އެހެނިހެން އިންފްރާސްޓްރަކްޗާތައް އެޅުމަށް އެހީތެރިވެދީ، ޑީސެލިނޭޝަން ޕްލާންޓަކަށް ފައިސާ ދޭނެ ކަމަށް ބޮޑުވަޒީރު ޝަރީފް ވިދާޅުވި އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *