Ad

"ރީތި ޗައިނާ" ބިނާކުރުމަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް އިލްތިމާސް ކުރައްވައިފި

އިންސާނިއްޔަތާއި ތިމާވެއްޓާއި ގުޅިފައިވާ އެއްބައިވަންތަކަމާއެކު ދިރިއުޅޭ ރީތި ޗައިނާއެއް ބިނާކުރުމަށާއި ސާފު ރީތި ދުނިޔެއެއް ގުޅިގެން ބިނާކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ މަރުކަޒީ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަން ޝީ މިހެން ވިދާޅުވީ ޗައިނާގެ އިރުއުތުރުގެ ލިއޮނިން ޕްރޮވިންސްގެ ޝެންޔަންގްގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ގައުމީ ހަރަކާތަށް ފޮނުއްވި ތަހުނިޔާގެ ސިޓީއެއްގަ އެވެ.

އިކޯލޮޖިކަލް އެންވަޔަރަންމަންޓަކީ އިންސާނުން ދިރިހުރުމާއި އަދި ތަރައްގީގެ ބިންގާ ކަމަށާއި، ރަނގަޅު މާހައުލެއް ދެމެހެއްޓުމަކީ ހުރިހާ ގައުމެއްގެ ރައްޔިތުންގެ އާންމު އެދުމެއް ކަމަށް ޝީ ވިދާޅުވެފައިވެއެވެ. ޗައިނާއިން އިކޯލޮޖިކަލް ކުރިއެރުމަށް ޚާޢްސަ އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޒަމާނީ ސޯޝަލިސްޓް ގައުމެއް ބިނާކުރުމުގެ އާ ދަތުރެއްގައި ޗައިނާއިން އިކޯލޮޖިކަލް ކުރިއެރުންތަކަށް މަގުފަހިކޮށްދިނުމާއި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ފުރިހަމަ ފެހި ބަދަލެއް ކުރިއެރުވުމާއި ތިމާވެށި ތަޣައްޔަރުވުން ކޮންޓްރޯލްކުރުމާއި އިކޯލޮޖިކަލް ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަސައްކަތްތައް ކޯޑިނޭޓްކުރާނެ ކަމަށް ޝީ ވިދާޅުވި އެވެ.

ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ސާފު ނޫ އުޑުމައްޗާއި ފެހި ބިމާއި ސާފު ފެނާއިއެކު ރީތި ވަޒަނެއް ދޫކޮށްލުމަށް މުޅި މުޖުތަމައު ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޝީ ގޮވާލެއްވިއެވެ.

ތިމާވެށީގެ ދުވަހުގެ ހަރަކާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ވައިސް ޕްރިމިއާ އަދި ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ ދާއިމީ ކޮމިޓީގެ މެންބަރު ހާން ޒެންގް ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *