Ad

އަންނަ މަސް ނިމޭއިރު ބޭހާއި ކާޑަށް ބޭނުންވާ ފައިސާ ރިޒާވްގައި ހުރިތޯ އީވާ ސުވާލު ކުރައްވައިފި

އަންނަ މަސް ނިމޭއިރު ބޭހާއި ކާޑާއި ތެލަށް ބޭނުންވާ ފައިސާ ދައުލަތުގެ ރިޒާވްގައި ހުރިތޯ ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ގަލޮޅު އިތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަށް ސުވާކުރައްވައިފިއެވެ.

އަސާސީ ބޭނުންތަކަށް ވާ ވަރަށް ދައުަލަތުގެ ރިޒާވްގައި ފައިސާ ހުރިތޯ ބެލުމަށް އީވާ ހުށަހެޅުއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަންނަ ޖުލައި މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާ ވަރަށް ދަށްވެދާނެ ކަމަށް ރައީސް ނަޝީދު ވަނީ އިންޒާރު ދެއްވާފަ އެވެ. ކުރިއަށް އޮތް މަސްތަކުގައި ދަރަނި ދެއްކުމަށް ފައިސާ ހޭދަ ކުރަން ޖެހޭ ވަރާއި އެ ފައިސާ ހޯދާ ގޮތުގެ ތަފްސީލް ހޯދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަަ އެވެ.

އީވާ މިނިސްޓަރާ ސުވާލުކުރައްވަނީ އަންނަ މަސް ނިމޭއިރު، ދައުލަތުގެ ރިޒާވްގައި އަސާސީ ބޭނުންތަކަށް ފައިސާ ހުރިތޯ އެވެ. އީވާ ފާހަގަ ކުރައްވާފައިވަނީ 3 ސުވާލެކެވެ.

  • މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު؟
  • މި މަހާއި އަންނަ މަހު 130 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު ދަރަނި އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ؟
  • އެ 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓުކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް؟
އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ވަނީ ބުނެފައިވެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *