Ad

ރިޔާސީ އިންތިހާބުގައި ޤާސިމްގެ ޖޭޕީ އިން ވާދަކުރާނެކަން އިޢުލާންކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީން އިއުލާން ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް އަދި ލިބިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައީސްގެ ފަރާތްޕުޅުން ހުށަހެޅުމެއް ރަސްމީކޮށް ލިބުމުން އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެ ނިންމާ ގޮތެއް ނިންމާނަން." އަލީ ސޯލިހް އަވަސް ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިހާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެވެ.

އަލީ ސޯލިހް އިތުރަށް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކޯލިޝަނާ އެކު ނިކުންނެވުމަށް ރައީސް ސޯލިހް ނިންމެވުމުން އެނގިގެންދަނީ މިހާރުގެ ކޯލިޝަނަށް އެމަނިކުފާނު ކުރައްވާ އިތުބާރު ކަމަށެވެ. އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޝުކުރުވެސް އަދާކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *