Ad

ސްކޫލްތަކުގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރުކަމަށް ނުދެކޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ

ސްކޫލްތަކުގައި ދަރިވަރުން ނަމާދުކުރުމަކީ އެއީ ހަރުކަށި ފިކުރުގެ ޢަމަލެއްގެގޮތުގައި ދެކެވަޑައިނުގަންނަވާކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިފަދައިން ވިދާޅުވީ، ރ.އުނގޫފާރުގައި ކުރިއަށްގެންދިޔަ ހަފްތާރެސް ޕްރޮގްރާމުގައި ކުރިއަށްގެންދިޔަ ސެޝަނެއްގައި ދަރިވަރުން ހަރިކަށި ފިކުރަށް ދާ ކަމުގެ އަލާމަތްތަކުގެ ގޮތުގައި ސްކޫލު ގަޑީގައި ނަމާދުކުރުން ހިމެނޭކަމަށް ބުނެ މަޢުލޫމާތު ފަތުރާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާގުޅިގެން، އެކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، ރާއްޖޭގެ ޤައުމީ މަންޙަޖުގެވެސް އެންމެ މައިގަނޑު އެއް އަސާސަކީ އިސްލާމްދީނުގެ އުޞޫލުތަކާއި ރިވެތި އާދަތައް ދަރިވަރުންނަށް އުނގަންނައިދީ، ދިވެހި ޤައުމަށް ލޯބިކުރާ ހުނަރުވެރި ކުދިންތަކެއް ބިނާކުރުންކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ސްކޫލް ތެރޭގައި ދަރިވަރުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްކޫލްތެރޭގައި ނަމާދުކުރުން އެއީ ހަރުކަށިކަމެއްކަމަކަށް ނުބަލަން. އެއީ އިސްލާމްދީނުގެ ރުކުނެއް. އެހެންވީމަ ނަމާދުކުރަން ސްކޫލްތަކުން އެންކަރޭޖްކުރާނެ" މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ފަހަކަށްއައިސް ސިޔާސީ ބޭނުމަށް ދީނީ ކާޑު ކުޅުން ރާއްޖޭގައި މިހާރު މިދަނީ ހައްދު ފަހަނަ އަޅަމުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *