Ad

މެއި 2 ވަނަ ދުވަހުގެ މާރާމާރީއާއި ގުޅިގެން ހޯދަން އިއުލާނުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަޙްމަދު ސާތިޢު (21އ) އެވެ. މިދެމީހުންގެ އަޙްމަދު ސާތިޢު ހައްޔަރުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މަޢުޞޫމް މުޙައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ

  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު  (20އ)

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މަޢުޞޫމް މުޙައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަޙްމަދު ސާތިޢު (21އ) އިތުރުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި  ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މިއީ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *