Ad

ވިލިމާލޭ ޕަބްލިކް ފާޚަނާގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނާތީ އެކަން ހައްލުކުރުމަށް ނަހުލާ އެދިވަޑައިގެންފި

ވިލިމާލޭ ޕަބްލިކް ފާޚަނާގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނާތީ އެކަން ހައްލުކުރުމަށް މި މަހުގެ 15 ވަނަ ދުވަހު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގެ އެޖެންޑާގައި ހިމަނައިދެއްވުމަށް ވިލިމާލޭ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ އެދިވަޑައިގެންފިއެވެ.

ވިލިމާލޭ ބީޗް ސަރަހައްދުގައި ހުރި ޕޭ ޓޮއިލެޓް އެތެރޭގެ ހާލަތު

 

ވިލިމާލޭ އިރުމަތީ ފަރާތުން މާލޭ ހިނގުމާއި އިންވެގެން ހުރި (06 ނަންބަރު ފާހާނާބަރި) ޕަބްލިކް ފާޚާނާ ބަރި ބޭނުންކުރެވޭ ފެންވަރަށް ކައުންސިލް ހަރަދުގައި ގެނައުމަށް މަސައްކަތް ކުރުމާ މެދު ގޮތެއް ނިންމަން ދެން އޮންނަ ކައުންސިލް ޖަލްސާއަށް ހުށައެޅީ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ފާހާނާއަށް ފެން ނަގާ ވަޅުގެ ހާލަތު

އިރުވަރައް މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލޭގެ ބީޗް ސަރަހައްދުގައި ހުރި ޕޭ ޓޮއިލެޓްގެ ޚިދުމަތް ދިނުމަށްޓާކައި އަމްސަން އެފް އެންޑް ބީ ޕްރައިވެޓް ލިމިޓެޑްއަށް ވަނީ އައުޓް ސޯސްކުރެވިފައެވެ. އެހެންނަމަވެސް ޕޭ ޓޮއިލެޓްގެ ޚިދުމަތް ވިލިމާލޭ ބީޗް ސަރަހައްދަށް މޫދަށް އެރި އަދި ބަންދު (ހުކުރު އަދި ހޮނިހިރު) ދުވަސްތަކުގައި ޕިކްނިކަށް އަންނަ ފަރާތްތަކަށް ނުލިބޭކަމުގެ ޝަކުވާވަނީ ވިލިމާލެ ރައްޔިތުން ކޮއްފައެވެ.

މިފަދަ ހުށައެޅުމެއް ކައުންސިލް ރަސްމީ ޖަލްސާއަށް ނަހުލާ ހުށައެޅުއްވިއިރު ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރަން ގިނަބަޔަކު އެ އަވަށައް ޒިޔާރަތް ކުރާނެ ކަމަށާއި، އެފަރާތްތަކުންވެސް ފާޚާނާ ބޭނުން ކުރަން ބޭނުންވާނެ ކަމަށާއި، މިފަދަ ހާލަތެއްގައި އެތަންތަން ހުރުމަކީ ރައްޔިތުންނަށް ނުހަނު ތަކުލީފު ލިބޭނެ ކަމެއްކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. އެހެންކަމުން މިއީ އަވަސް ހައްލެއް ބޭނުވާނެ ކަމެއްކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *