Ad

މެމްބަރުކަމުން، މިނިސްޓަރކަމުން، ރަނިންގމޭޓްކަމުން ތަސްމީނު ސަފީރުކަމަށް!

ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް ހ.ރުވާމާގޭ އަހުމަދު ތަސްމީން އަލީ އަދި ދިވެހި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމުގެ މަޤާމަށް އިބްރާހީމް ޝަހީމް އައްޔަންކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ތަސްމީން އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަމުގެ އިތުރުން ވަޒީރުކަމާއި ޑީއާރުޕީގެ ލީޑަރުކަމާއި އަދި 2008 ރިޔާސީ އިންތިޚާބުގައި މައުމޫނުގެ ރަނިންގމޭޓްކަން ކުރައްވާފައެވެ.

ސިންގަޕޫރުގެ ސަފީރުކަމުގެ މަޤާމަށް ތަސްމީން އައްޔަން ކުރައްވަނީ އެމަޤާމުގައި މިހާރު ފުރުއްވަމުންދާ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބްގެ ބަދަލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ނިންމަވައި ރުހުން ހޯއްދެވުމަށްވެސް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *