Ad

އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން: 3 ގޮނޑި އެމްޑީޕީއަށް އަނެއްގޮނޑި އެމްއެންޕީއަށް!

ހަތަރު ރަށެއްގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީން ތިން ގޮޑި ކާމިޔާބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބާއްވާފައިވަނީ ށ. ޅައިމަގު، ށ. ކޮމަންޑޫ އަދި އއ. ތޮއްޑޫގައެވެ.

މިގެ ތެރެއިން ތޮއްޑޫގެ ގޮޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު މަޖުދާއެވެ. ޅައިމަގު ގޮޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ކޮމަންޑޫ ގޮޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ވަހީދާއެވެ. މިއީ އެ ޕާޓީން ކާމިޔާބުކުރި އެންމެ ފުރަތަމަ ގޮނޑިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދިނުމާއި އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް ބޮޑު ކުރުމަށް ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *