Ad

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އެކަކު ނިޔާވެ 3 މީހުންގެ ހާލު ސީރިއަސް!

މިއަދު އިރު އޮއްސުނު ވަގުތު މާފަންނު ދުވާ ޓްރެކާ ދިމާލަށް ބޭރު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެ 3 މީހަކުގެ ހާލު ސީރިއަސްވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހި ހިނގި އެކްސިޑެންޓެއްގައި އޭގެ ތެރެއިން އެއް ކާރު ކޮންޓްރޯލް ނުވެ އެމަގުން ދުއްވާފައިދިޔަ އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގި އިރު ބަހުގައި ކާރުގައި ތިބީ ޖުމްލަ 4 މީހުންނެވެ. މީގެތެރެއިން ނިޔާވީ ކާރުގައި އިން އަންހެނެވެ. އަދި ކާރުގައި ތިބި އަނެއް 3 މީހުންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓުގައި އެކްސިޑެންޓްވި ބަހަށްވެސް ބޮޑެތި ގެެލުންތަކެއް ލިބިފައި ވާއިރު އެކްސިޑެންޓް ވި ކާރު އޮތީ އޮތީ ފުނޑުފުނޑު ވެފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެކްސިޑެންޓް ހިގާފައިވަނީ ދުއްވަމުންދިޔަ ކާރު އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައި ކަމުގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން 6 މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކާރުގައި ތިބި 4 މީހުންގެ އިތުރުން ބަސް ޑްރައިވަރާއި ބަހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. މީގެތެރެއިން ހާލު ސީރިއަސް ވެފައިވަނީ ކާރުގައި ތިބި މީހުންނެވެ.

ފުލުހުން ހާމަ ކޮށްފައި ވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް އެމަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހުގައި ޖެހިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *