Ad

މިފަހަރު އީދަށް ދާންވީ ތ. މަޑިފުއްޓަށް، ވަރަށް ފޯރިގަދަ!

މިއަހަރުގެ އަޟްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް މަޑިފުށީ ކައުންސިލުން ވަނީ ނިންމާފައެވެ. މިކަމަށް މުޅި "ރަށް" މިހާރު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އީދުގެ ހުރިހާ ހަރަކާތެއްވެސް ހިންގަނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައިވާ "އީދު ކޮމެޓީ" އަކުންނެވެ. މި ކޮމެޓީއަކީ ރަށުގެ މުވައްސަސާ ތަކުގެ މީހުން ހިމަނައިގެން އެކުލަވާލާފައިވާ ކޮމެޓީއެކެވެ.

މިފަހަރުގެ އީދު ފާހަގަކުރުމުގެ ގޮތުން ރަށުގެ ކުދިބޮޑު އެންމެން ވަނީ 4 ޓީމަކަށް ބަހާލާފައެވެ. މި ޓީމުތަކަށް ނަން ކިޔާފައިވަނީ ރަށުގެ ނަމާ ގުޅުވައިގެން ނަމުގެ ފަހަތަށް "މަޑި" މި މަސް ބޭނުންކޮއްގެންނެވެ. މި ޓީމުތަކަކީ، އެންމަޑި، ފާދަށޮ މަޑި، ވައޮށް މަޑި، އަދި ތާރަ މަޑިއެވެ. އީދާ ގުޅިގެން ރަށުގައި ބާއްވާ މައިގަނޑު ހުރިހާ މުބާރާތެއް ކުޅޭމީ މި 4 ޓީމުގެ މެދުގައެވެ. މިގޮތުން މި ޓީމުތަކުގެ މެދުގައި 6 މުބާރާތެއް ކުރިއަށްދާނެއެވެ. މީގެތެރޭގައި ހިނެނެނީ، ބައިބަލާ، ފައިގަތަޅާ، ބަށި، ކައްލި، ތިންމުގޯލި އަދި ވާދެމުމެވެ.

މި މުބާރާތްތަކުގެ އިތުރުން އީދާ ގުޅިގެން އިތުރު ހަރަކާތްތަކެއްްވެސް ވަނީ ރާވާފައެވެ. މިގޮތުން "ވީރު"ގެ ނަމުގައި ބާއްވާ މަޑިފުށީ އެންމެ ބާރުގަދަ މީހާ ހޮވުމުގެ މުބާރާތަކީ ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭ ހަރަކާތެކެވެ. މީގެއިތުރުން ފުޅަނދުބުރާއި، މަސްރޭހާއި، ކުޑަކުދިންގެ ހަވީރާއި، ބޮޑުމަސް ދުއްވުން ފަދަ ސަޤާފީ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ރަށުގެ ދުވަސްވީ ކުޅުންތެރިންނަށް ޚާއްޞަކޮއްގެން ފުޓްސަލްއާއި ވޮލީ މެޗެއްވެސް ވެސް ވަނީ ރާވާފައެވެ. މީގެއިތުރުން އީދުގެ މުނާސަަބަތުގައި އީދު ދުވަހު މެންދުރު އޮންނަ ބޮޑު ކެއުމަކީވެސް ވަރަށް "ވަރުގަދަ" ކެއުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *