Ad

އިސްލާމީ ޢީދުތަކުގައި އޮތީ އުފާވެރިކަމާ މުނިފޫހި ފިލުވުން: ޢީދު ޚުތުބާ

އިސްލާމީ ޢީދުތަކުގައި އޮތީ އުފާވެރިކަމާ މުނިފޫހި ފިލުވުން ކަމަށް މިއަދުގެ ޢީދު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި އަދި އުފާވެރި އަޟުޚާ ޢީދު މުޅި އިސްލާމީ އުންމަތުގައި މިއަދު ފާހަގަކުރަމުންދާއިރު މިއަދުގެ އީދު ހުތުބާގައި ވަނީ އީދު ދުވަހުގެ އުފާވެރިކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

"މުސްލިމް އަހުންނާއި އުޚްތުންނޭވެ!. ޢީދަށް ޢީދޭ ކިޔުނީ ކޮންމެ އަހަރަކު އާ އުފާތަކަކާއެކު އަހަރެމެންގެ ގާތަށް މި ދުވަސް އަންނާތީއެވެ. އިސްލާމީ ޢީދުގައި އޮތީ އުފާވެރިކަމާއި މުނިފޫހި ފިލުވުމެވެ. ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުންނެވެ. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވާދީގެންނެވެ. ފަޤީރުމީހާގެ މުހުތާދުތައް ފުއްދާދީގެންނެވެ. ނިކަމެތިމީހާ ބާރުވެރިކޮއްދީގެންނެވެ. ބީރައްޓެހި މީހާ ރައްޓެހި ކުރުވައިގެންނެވެ. އިސްލާމްދީނުގައި ޢީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫނެވެ." އީދު ޚުތުބާގައި ވިދާޅުވިއެވެ.

ބަރަކާތްތެރި އަޟްހާ އީދުގެ އުފާތަކުން އަހަރެމެންގެ މޫނުތައް އަލިވެ ހިނިތުންވުން ފާޅުވެފައިވާއިރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި އުޅެމުންދާ މުސްލިމު އަހުންނާއި އުހުތުންތަކެއް ބިކަހާލުގައި އުޅެމުންދާކަން ހަނދާނަށް ގެންނަން ޖެހޭކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހު ކޯވިޑްގެ ބަލިމަޑުކަމާއިއެކު އީދުގެ އުފާ އެންމެ ކުލަގަފަކޮށް ފާހަގަވެފައި ނުވިނަމަވެސް، މިއަހަރުގެ ބޮޑު އީދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަގަދަކޮށް ދަނީ ފާހަގަ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަ ބޭފުޅާއަށް ޚުތުުބާއިން ފެނުނު ހަމައެކަނި މައުލޫއަކީ މިއީތޯ? މިގޮތަށް މުނިފޫހިފިލުވާ ވާހަކަ އައީމަ ދިވެހިން ދެކޭނެ ގޮތާމެދު ވިސްނާލިމުތޯ? އަބަދުވެސް ދިވެހިން މުނިފޫހިފިލުވުން ނަގާފަ އިންނަނީ އިސްލާމްދީނުގައު ޙަރާމް ކުރައްވާފައިވާ މިއުޒިކް ހިމަނައިގެން ކުޅޭ ކުޅިވަރު. ހުތުބާގައި ވަނީ މިކަހަލަ މުނިފޫހިފިލުވުމުގެ ވާހަކަތޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *