Ad

ޝިފާގެ ސަބަބުން ދިއްފުށީގެ ޢީދު ހޫނު ވެއްޖެ

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ދިއްފުއްޓަށް ގެންގޮސް ސްޓޭޖަށް އަރުވައި ނަށަން އޭނާއަށް ފުރުސަތު ދިނުމުން ދިއްފުށީގެ އެތެރެ ހަލަބޮލިވެއްޖެއެވެ.

ޚަބަރު ލިބޭގޮތުގައި ޝިފާ ގެންދިއުމުގެ ސަބަބުން އީދުގެ މަޖަލާ އުފާވެރިކަން ގެއްލި ރަށުތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ޝިފާ ދިއްފުއްޓަށް ގެންދިއުމުން އެރަށުގެ ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅުކުރަން ފެށީ ޝިފާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދާދިފަހުން އާއްމުވެފައި ވުމުންނެވެ. ފާޑުކިޔުން އަމާޒުވުމުން ވައިބާ ގްރޫޕްގެ މެންބަރުން ގްރޫޕުން ރިމޫވް ކޮށްލުމަށްފަހު މިހާރު ވައިބަރ ގުރޫޕްވެސް ވަނީ ޑިލީޓް ކޮށްލާފައެވެ.

އޭނާގެ ވީޑިއޯ މައްސަލާގައި ފުލުހުން ސަމާލު ކަމަަށް އައިސްފި ކަމަށް ބުނުން ފިޔަވައި އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައި ނުވެ އެވެ.

ޝިފާ ދިއްފުއްޓަށް އެރުވި މައްސަލާގައި އެންމެ ބޮޑު ނުރުހުމެއް ރައްޔިތުންގެ ފަރާތުން އޮތީ ޝޯ ރޭވި ދިއްފުށީ ޖަމިއްޔާ (އެޑް) އަށެވެ، އެކަމަކު އެޑް އެކަމާ އިންކަރު ކޮށް ޝިފާ ގެންދިޔައީ ބޮޑުބެރު ގްރޫޕަކުން ކަމަށް ބުނެފައި ވެއެވެ.

މާލެ އަތޮޅު ދިއްފުއްޓަކީ އަބަދުވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަ ކުރަމުން އަންނަ ރަށެކެވެ؛ މި ބޮޑު އީދަށް ވެސް ތައްޔާރުވީ އެގޮތުގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *