Ad

ލަންކާގެެ ރައީސް ރާއްޖެ ގެންދިޔައީ ޤާނޫނާ އެއްގޮތަށް: ލަންކާ އެއާފޯރސް

ސްރީ ލަންކާގެ ރައީސް ގޮޔަބަޔާ ރާޖަޕަކްސަ ދިވެހިރާއްޖެ ގެނައުމަށް ސިފައިންނަށް އަމުރު ކުރެއްވީ އެމަނިކުފާނަށް ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަނެފައިވާ ބާރުގެ ދަށުން ކަމަށް އެ ގައުމުގެ އެއާފޯސް އިން ބުނެފި އެވެ.

އަސްކަރީ އުޅަނދެއްގައި ރައީސް ގޮތަބަޔާއާއި އޭނާގެ އަނބިކަނބަލުން އަދި ދެ ބޮޑީގާޑުންނާއެކު ހުޅުލެއަށް ޖެއްސީ މެންދަމު 2:50 ހާއިރެވެ.

"ގޮތަބަޔާ ރާއްޖެ ވަޑައިގަތުމަށް ސްރީ ލަންކަން އެއާފޯސްގެ އުޅަނދެއް ހަމަޖައްސާފައި ވަނީ ރައީސަށް ލިބިފައިވާ ބާރުގެ ދަށުން އަދި ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު." އެއާފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރައީސް ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި މި ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި އޮއްވަ އެވެ. މިއަދު އިސްތިއުފާ ދެއްވުމުގެ ކުރިން ރާއްޖެ ވަޑައިގެންނެވިއިރު ސްރީ ލަންކާގެ ރައީސް މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުން ގާނޫނު އަސާސީ ހުއްދައެއް ނުދެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި ބޯޓު ހުޅުލެއިން ފުރާފައި ވަނީ 4:40 ހާއިރެވެ. ފުރިއިރު އެއާޓްރެފިކް އެޕްލިކޭޝަންތައް އިމިގްރޭޝަނަށް ދައްކާފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.އ

ސްރީލަންކާގެ ހާލަތު ގޯސްވެ އެޤައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުން ވަނީ އެ ޤައުމުގެ ކޮންޓްރޯލް ނަގާފައެވެ. މިގޮތުން އެޤައުމުގެ ރިޔާސީ ގަނޑުވަރާއި އަދިވެސް ސަރުކާރުގެ މުހިންމު މުވައްސަސާތައް ރައްްޔިތުންގެ ކޮންޓްރޯލް ދަށަށް ވަނީ ގެންގޮސްފައެވެ. މިހާރު އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެޤައުމުގެ ބޮޑުވަޒީރުގެ އަމިއްލަ ގެގޮޅުގައި ވަނީ ރޯކޮއްލާ އަންދާލާފައެވެ. ކޮލަމްބޯގައި މިހާރުވެސް ވަނީ ކާފިއު އިއުލާންކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ގާނޫނީ ހަމަތަކުން ގައުމެއްގެ ވެރިއަކު އެހެން ގައުމަކަށް ދާނަމަ. ދެގައުމުގާވެސް އެކަން އިޢުލާނު ކުރާނެ. އަދި އަންނާނީ ވައިގެސިފައިންގެ ޖެޓެއްގައެއްވެސް ނޫން. އަދި ބޯޓު ޖައްސާނީ ދަންވަރު މީހުން ނިދާ ފައިހިލަވަޅު އޮބުނީމައެއްވެސް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *