Advertisement
BML Home 2nd Ad

ކަމާ ގުޅުންނެތް އެތަކެއް ގަޒިއްޔާއަކާއި ހަވާލާދީ، ޅ. ކުރެންދޫ ކޯޓުން މީހަކު އުމުރަށް ޖަލަށްލައިފި!

ކަމާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް އެތަކެއް ގަޒިއްޔާއަކާއި ހަވާލާދީ، ޅ. ކުރެންދޫ ކޯޓުން މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ. މައްސަލާގައި ޙުކުމް އިއްވާފަވަނީ، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްގާޒީ މުޙައްމަދު މޫސާއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައެކެވެ. އެމައްސަލާގެ ޚުލާޞާ ބަޔާނުގައި ދައުލަތުން ތަފްޞީލީގޮތެއްގައި ހެއްކާބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އެހެން ނަމަވެސް، ދައުލަތުން އެމައްސަލާގައި ޚުލާޞާކޮށް ދެއްކި ވާހަކަ ތަކުގައި ޙަވާލާދީފައިވާ ގަޒިއްޔާތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައިކޯޓުން މީގެ ކުރީގައި ނިންމާފައިވާ ގަޒިއްޔާތަށްކަމުގައި ބުނެ، ޙަވާލާދިން ގަޒިއްޔާތަކެއް ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ. އެގަޒިއްޔާތަކުގެ ތެރެއިން 2010 ވަނަ އަހަރުގެ 07 ވަނަ ނަންބަރު ގަޒިއްޔާ ފިޔަވައި، ދައުލަތުން ފާހަގަކުރި 3 ގަޒިއްޔާއަކީ ކަމާ ގުޅުންހުރި، ދަށު ކޯޓުގެ މައްސަލާގެ ތެރެއަށް އެޕްލައިކުރެވޭ ގަޒިއްޔާތަކެއްވެސް ނޫނެވެ.

ދައުލަތުން ދަށު ކޯޓުގައި ފާހަގަކުރި ގަޒިއްޔާތަކުގެ ތެރޭގައި ހިމެނެނީ، ވަޒީފާގެ ދާއިރާގެ މައްސަލައަކާއި، މާލީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައަކާއި، ވިޔަފާރީގެ މުޢާމަލާތެއްގައި ނެރެފައިވާ ވަގުތީ އަމުރާގުޅޭ މައްސަލައެއްކަމުގައި ދަޢުވާލިބޭ ފަރާތުގެ ވަކީލު އިރުވަރު ނޫހަށްވަނީ މަޢުލޫމާތުދީފައެވެ. އޭގެން އެއްވެސް ގަޒިއްޔާއެއްގައި މަސްތުވާތަކެތީގެ ޙިޔާޒަތުގެ އެއްވެސް ވާހަކައެއް ބަޔާންވެސް ކޮށްފައިނުވެއެވެ.

ހައިކޯޓުގެ 2010 ވަނަ އަހަރުގެ 07 ވަނަ ނަންބަރ ގަޒިއްޔާއަކީވެސް މަސްތުވާތަކެތީގެ ހިޔާޒަތު ނުވަތަ ކޮންޓްރޯލް އޮތުމާއި ގުޅޭ މައްސަލައެއްނޫނެވެ. ވީމާ، އެމައްސަލައާއި ޅ. ކުރެންދޫ ކޯޓުން ނިންމި މައްސަލައާއި އެޕްލައިކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތްކަމުގައި ދަޢުވާލިބޭ ފަރާތުގެ ވަކީލު ފާހަގަކުރެއެވެ.

"މައްސަލަ ދިރާސާކޮށް ބެލިބެލުމުން އަޅުގަނޑަށް ފާހަގަވީ، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ގަޒިއްޔާތަކެއްގެ ނަންކިޔާފައިވާ ހުރިހާ ގަޒިއްޔާއަކާއި ހަވާލާދީ، ގާޒީ ޙުކުމްކޮށްފައިވާކަން. އެހެން ނަމަވެސް، އެރިޕޯޓާއި، ބުނެވުނު ގަޒިއްޔާތަށް ދިރާސާކޮށް ބެލިއިރު، އެގަޒިއްޔާތަކަކީ މަދަނީ އަދި ވަޒީފާއާއި ގުޅުންހުރި މައްސަލަތަށް. މަސްތުވާތަކެއްޗާއި، އޭގެ ކޮންޓްރޯލް އޮންނަ އޮތުމުގެ މައްޗަށް އެއްވެސް ވާހަކައެއް އޭގެ ގަޒިއްޔާއަކު ނެތް. ޖުމްލަކޮށް ބުނާނަމަ، ދައުލަތުގެ ޚުލާޞާ ބަޔާންއޮތީ ޙުކުމުގައި. މީހެއްގެ މުޅި ޢުމުރު އެއޮތީ ދުއްވާލާފައި" ދިފާޢީ ވަކީލު ވިދާޅުވިއެވެ.

ޅ. ކުރެންދޫ ކޯޓުން ޙުކުމް އިއްވުމަށްފަހު ބުނެފައިވަނީ އިސްތިއުނާފުކުރުމަށްޓަކައި ލިބޭނީ 10 ދުވަސް ކަމަށެވެ. އެހެން ނަމަވެސް، ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ބުނާ ގޮތުން، ޙުކުމްތަށް އިސްތިއުނާފުކުރުމަށްޓަކައި 60 ދުވަސް ލިބެއެވެ.

ޅ. ކުރެންދޫ ކޯޓުން މި ޙުކުމްކުރި ފަހުން، ދަޢުވާލިބޭ މީހާގެ ބައްޕަވަނީ ނިޔާވެފައިވާ ކަމަށް ދިފާޢީ ވަކީލު ވަނީ ވިދާޅުވެފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ދައުވާލިބޭ ފަރާތުގެ ވަކީލުގެ ލިއުމަކާވައްތަރީ، މިކަހަލަ ޚަބަރުތައް ގެނެސްދޭއިރު މަތީކޯޓުގެ ނިންމުމަކީ ވައްތަރުވާގޮތަކަށް ނުލިޔެވޭނެ، ކޮންމެސް ފަރާތަކާ ޙަވާލާދިންނަމަ ރަނގަޅުވީސް، ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިޔަންނޭގި ފާޑުކިޔައިގެން ނުވާނެ.

  2. mIhaku bunaairah iruvaru noohun hukum kandaalhai gulhun neiykamah liyaairu thiyaee supreem court tha.bala courtakun nimma kameh dhen badhalkiraanee ves courtun kan neygey gamaarun nooavwrikan nukutan veenu.adhi bayaku kithanme faisaa eh dhinkamah vias ehen meehunge vea boahunnkana balaigen liyebala gamaaraa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add