Ad
ގާޟީ އަލީ އާދަމް
ގާޟީ އަލީ އާދަމް

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ވައްދައިފި!

ހދ. ޖުޑީޝިއަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ ބޮޑު މައްސަލައެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. \

އިރުވަރު ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައަކީ ދާދި ފަހުން ހދ. ކުޅުދުއްފުށީ ކޯޓުން ނިންމާފައިވާ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން ފެންމަތިވި ސުލޫކީ މައްސަލަތަކެކެވެ.

މައްސަލަ ހުށަހެޅި ފަރާތުން އިރުވަރު ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ދަޢުވާކުރާ ފަރާތުގެ އަތުން ފަހުންދީ އަގު އަދާކުރާ ގޮތަށް ކުންފުންޏަކުން ނެގި 500،000 (ފަސްލައްކަ) ރުފިޔާ ނުދީގެން، އެފައިސާ ހޯދުމަށް އެދި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެމައްސަލާގައި ދަޢުވާލިބުނު ފަރާތުން، ފައިސާ ނެގިކަމަށް އިޢުތިރާފުވުމުންވެސް، އެފައިސާ ދޭން ނުޖެހޭނެކަމުގައި މެޖިސްޓްރޭޓް ޢަލީ އާދަމްވަނީ ނިންމާފައެވެ. ސަބަބެއްކަމުގައި ބުނެފަވަނީ، ފައިސާދޭންޖެހޭފަދަ ޝަރުޠެއް އެއްބަސްވުމެއް ނެތުމުންނެވެ. އެހެން ނަމަވެސް، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބުނާގޮތުން، އެއްބަސްވުމެއް ލިޔުމުން އޮންނާކަށް ނުވެސް ޖެހެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާ ފަރާތުގެ ހެކިންނާއި މުޚާޠަބު ހެކިބަސްދިނީ، ވަކި މީހެއްގެ މަޞްލަޙަތުގައި ހެކިބަސް ދިނުމަށް ބުނެގެންކަމުގައި މެޖިސްޓްރޭޓް ޢަލީ އާދަމް ބުނެފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން މިނޫހަށް މަޢުލޫމާތުވެސް ދެއެވެ. އެއީވެސް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި މުޅިން ޚިލާފުކަމެކެވެ. ސަބަބަކީ، ފަނޑިޔާރު އެހުރީ މައްސަލާގެ ވަކި ކޮޅެއް ނިންމާގެންކަމުގައި ދުރާލައި އެނގޭއިރު، އެގޮތުގެ މަތީން ކޯޓަށް ހާޒިރުކުރެވޭ ޝަރީޢަތަށް ހާޒިރުކުރެވޭ އެއްވެސް މީހަކާއި މުޚާޠަބު ނުކުރެވޭނެކަމުގައި ސާފުކޮށް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާތީއެވެ.

މައްސަލަ ނިންމެވުމުގައި، ޝަރީޢަތުގެ މަޖިލީހުގައި ނުދައްކާ ސަބަބެއް މެޖިސްޓްރޭޓް ޢަލީ އާދަމް އަމިއްލައަށް އުފައްދައިގެން އެފައިސާ ނުދިނުމަށްވަނީ ހުކުމް ކުރެއްވި ކަމަށް ޖޭއެސްސީއަށް މައްސަލަ ހުށައެޅި ފަރާތުން ބުނެއެވެ. އެއީ، އެމުޢާމަލާތާގުޅޭ ޖިނާޢީ ބައެއްނަމަ، ފުލުހުންނަށް ހުށަހެޅުމަށެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް ވާޙަކައެއް މައްސަލާގެ އެއްވެސް ޚަޞްމަކު ދަށު ކޯޓުގައި ދައްކާފައިވެސް ނުވާކަމުގައި މައްސަލަ ހުށަހަޅާ ފަރާތުން މިނޫހަށް މަޢުލޫމާތު ދީފަވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *