Advertisement
BML Home 2nd Ad

ޕީޕީއެމްގެ ޕްރޮގްރެސިވް ވިސްނުން މިހާރު ސިޔާސީ ހަރުކަށި ފިކުރަށް ބަދަލުވީތަ؟

ރަޢީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް  އަކީ ތަރައްގީ އާއި ކޮންމެ ކަމެއްގައި ވެސް މެދުމިން ހިޔާރު ކުރާ ސެންޓަރ ރައިޓް ސިޔާސީ ޕާޓީއެކެވެ. އެގޮތުން 2013 ވަނަ އަހަރު ވެރިކަމަށް އައީވެސް ތަރައްގީގެ މެނިފެސްޓޯއެއްގައެވެ. އެއަހަރު ވެރިކަމަށް އައިސް މަޖްލީސް މެޖޯރިޓީވެސް ހޯދިއެވެ. އަދި އެތައް އިންތިހާބަކުން ޕީޕީއެމް މޮޅުވިއެވެ. ޒުވާނުންގެ ޕާޓީއެއްގޮތުގައި ބްރޭންޑްކޮށް އެތައް ތަރައްގީގެ މަސައްކަތްތަކެއްވެސް ކުރެވުނެވެ.

Advertisement
Etukuri Inside ad 300x300 Desktop

ނަމަވެސް އޭރު ޕީޕީއެމްގެ ރައީސް މައުމޫން އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ޕާޓީން ވަކިކޮށް ޖަލައްލާ ރައީސް ޔާމީންގެ ޕީޕީއެމް ގަދަ ބާރުން ހޯދިފަހުން އަދި އެއްވެސް ބޮޑު އިންތިހާބެއް ކާމިޔާބެއް ނުކުރެވެއެވެ. ރައީސް ޔާމީން ޕީޕީއެމްގެ ލީޑަރަށް ވީފަހުން 2017 ގެ ކައުންސިލް އިންތިހާބު، 2018 ގެ ރިޔާސީ އިންތިހާބު، 2019 ގެ މަޖްލިސް އިންތިހާބު އަދި 2021 ލޯކަލް ކައުންސިލް އިންތިހާބުތަކުން ޕީޕީއެމް ބޮޑުކޮށް ބަލިވީއެވެ. މަޖްލިސްގައި ޕީޕީއެމްގެ ތިބީ އެންމެ 5 މެމްބަރުންނެވެ. މިއީ ރައީސް ޔާމީންގެ ގޮތްދޫނުކުރުމާއި ކައިރީގައި ތިބޭ މީހުނަށް އިތުބާރު ނުކުރުމާއި ޕާޓީއަށް ލިބޭ ފައިސާ ހަރަދު ނުކޮށް ފޮރުވުމުގެ ނަތީޖާކަމަށް ޕީޕީއެމްގެ ގިނަ ފަރާތްތަށް ދެކެއެވެ. އެހެނީ 2018 ގައި ވެރިކަމުން ބަލިވި އިރުވެސް ރައީސް ޔާމީނުގެ އަމިއްލަ އަށް ކޯޓްގައި ވިދާޅުވިގޮތުންނަމަ ކެމްޕޭނަށް ލިބުނު 100 މިލިއަން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަގައި ހުރީ ހަރަދުނުކޮށް ފޮރުވާފައެވެ.

މިހާރު މިފެންނަނީ ވެރިކަން ގެއްލި އިދިކޮޅު ޕާޓީ އަކަށް ޕީޕީއެމް އޮތްއިރު އިދިކޮޅުޕާޓީއެއްގެ ދައުރު އަދާނުކުރެވޭތަނެވެ. ރައްޔިތުން ކަންބޮޑުވާ ހިޔާ ފްލެޓް މައްސަލަ، ގޯތި ގެދޮރުގެ މައްސަލަ، އިންފްލޭޝަން، އަދި އިތުރު އެއްވެސް މައްސަލައެއްގައި ޕީޕީއެމްއަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭތަނުގައި އަޑުއުފުުލާ ޕީޕީއެމް އިން މުޒާހަރާއެއްވެސް ނުކުރެއެވެ. ފާއިތުވީ ދެއަހަރު ޕީޕީއެމް އަދި ރައީސް ޔާމީން ދުވީ އިންޑިއާ އައުޓް ޖަހައިގެން އިންޑިއާ ރައްޔިތުން ފަހަތުންނެވެ. ނަމަވެސް އެކަންވެސް ފެއިލްވެ ކޮޅެއް މެދެއް ނުފެނުމުން މިހާރު ރައީސް ޔާމީން ދަނީ ޕީޕީއެމް ސިޔާސީ ހަރުކަށި ފިކުރުގެ ޕާޓީ އަކަށް ހަދަން ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގައި ފާހަގަ ކުރަންފެށި ޔޯގާޑޭ ވެސް މިހާރު ހަރާމް ކަމަށް ބުނެ އެއިވެންޓް އަށް ހަމަލާދީ ހުއްޓުވުމަށް ރާވާ ދިދަތަކާއި ތަކެތި ދިނީ ސީދާ ޕީޕީއެމް އިންކަމަށް ބުނުމުގެ ޖާގައެބައޮތެވެ.

މިހާރު ރައީސް ޔާމީން ދަނީ އެތައް ދީނީ އަދި ސިޔާސީ ކަމެއްގައި ހަރުކަށި އުސޫލްތަކާއި ސްޓޭންޑްތައް ނަގަން ޕާޓީ ލީޑަރޝިޕް އަށް އަންގަމުންނެވެ. އެގޮތުން އަލްޓްރާ ނެޝަނަލިސްޓިކް ސިޔާސަތުތަކާއި މިލިޓަންސީ ގޮތްގަނޑު ފަަތުރަން ޕީޕީއެމް އަށް ރައީސް ޔާމީނު އަންގަމުންދާކަމަށް ޕީޕީއެމްގެ އިސްފަރާތަކުން ނަންނުޖަހަން ޝަރުތުކޮށް އިރުވަރަށް ކިޔައިދިނެވެ. ކުރިއަށް އޮތްތާންގައި ދީނީ ކާޑު ސިޔާސީ ގޮތުން ގިނައިން ބޭނުންކޮށް މުޅި ގައުމީ މަސްލަހަތު ނަގާލުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފީޕީއެންގެ އިސް ފަރާތަކުން ބުނެއެވެ.

"ކުރީގެ ޒުވާނުންނާއި ފަންނުވެރިންގެ ޕާޓީއިން މިހާރު ފެންނަނީ ރިޓަޔަރ ވެފައި ތިބި ބަޔަކާ އަދި ގޭންގްތަކަށް ނިސްބަތްވާމީހުން. ރީތިބަހުން ހަރުދަނާ ވާހަކައެއް ޕޯޑިއަމްގައި ބުނެލާނެ މީހެއް ނެތް އިރު އަބަދު ހަޅޭފަޅޭއް ލަވާ ޕީޕީއެމް ޕޯޑިއަމްގައި ތަޅާފައި ހަރުކަށި ކަމާއިއެކުނޫނީ ބަސް ބުނުން ޕީޕީއެމްގައި މަނާހެން ހީވޭ." ޕީޕީއެމްގެ އިސް މީހަކު ބުންޏެވެ.

ކުރިން ޕީޕީއެމް ގެންގުޅުން ޔޫތު، ހޯޕް، އިކޮނޮމީ ފަދަ ޝިއާރުތައް ނެތިގޮސް ފެންނަނީ އަލްޓްރާ ނެޝެނަލިޒަމް، މިލިޓަންސީ އަދި ޒޭނޯފޯބިކް ފަދަ ހަރުކަށިފިކުރުތަކަށް ޕީޕީއެމް ބަދަލުވެފައިވާތަން ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއީ މިގައުމުގެ މެޖޯރިޓީ މީހުން ގަބޫލުކުރާ ސިޔާސީ ފިކުރުތަކެއްނޫނެވެ.  

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. mulhi akun dhogeh noon. massala aki kurin faathun ppm hingevigothah mihaaru pppm ge forieh neh. eyru v joshu hurey. gaumee roohu party roohu. mihaaru e gaai kameh neh.

  2. ގައުމެއްގެ ދީނާ ވަތަނިއްޔާތު ހަލާކުވެދާއިރު ނަގަންޖެހޭ ސްޓޭޑަރޑް އެންގެވުން ޔާމީން ގެ ސަޅި ސިޔާސަތެއް

  3. އަދީބު ފަންޑުކޮށްގެން ހިންގާ ޕްރޮޕެގެންޑާ ނޫހަކާ ވަރަށް ވައްތަރު.

  4. Yoga halaal ey meehaku buneetha? Mi article kiyaaleema ingunee bayaku vikifa hurivaru. Thi meehunnah halaal aai haraam neyngenyaa e' hoadhaigemves liyevunees. Kaloamen liyaakahala ehchehsheh noon hoadhaan v ki. Nikan zinmaadhaaruvebala. Thasahraf fudhifa thibi bayakah veveythw balaabala

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add