މާލޭ ސިޓީ ކައުންސިލްގެ އިޙްތިސާސް ތެރޭގައިވާ މާލެ ލޯކަލް މާރުކޭޓުއިންވެގެން މަގުމައްޗަށްވާގޮތަށް ހުރިތަނުގައި ކެންޓީނެއްހެދުމުގެ މަސައްކަތް ފަށައިފިއެވެ. ލޯކަލް މާރުކޭޓުގެ އެންމެ އެތެރޭގައި 36 ގޮޅި ލުއިކާނާ އަށްހާއްސަކޮށް އެތަންތަން ކުއްޔަށްދީ، ކުއްޔަށްހިފި ފަރާތްތަކަށްއެތަންތަން ހަދާނިންމަން ކުރުމުއްދަތެއްދީ ގިނަފަރާތްތަކަކުން އެމަސައްކަތް ނިންމުމަށްފަހު ވިޔަފާރިފެށިތާ މަސްދުވަސް ނުވަނީސް މަގުމައްޗަންވާގޮތައް ހަމައެފަދަވިޔަފާރިއެއްކުރުމަށް އެންމެ ފަރުދަކަށް މަންފާވާގޮތައް ދީފިކަމަށް މަޢުލޫމާތުލިބެއެވެ.
މިގޮޅިތަކުގައި ވިޔަފާރި ކުރަމުންދާފަރާތް ތަކަށްގޮންޖެހުމަށްފަހު މިހާރު ކެންޓީންހެދުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދެއެވެ. މައުލޫމާތު ލިބެގޮތުގައި އެތަން ސިޓީކައުންސިލުން ހަވާލު ކޮށްފައި ވަނީ ބަށިމާގޭ ޝާހީން ކިޔާމީހަކަށެވެ. ހަވާލުކޮށްފައިވަނީ މުޅި ލޯކަލްމާރުކޭޓު ވަށައިގެންވާ ސަރަހައްދުބެލެހެއްޓުމަށް ކަމަށްވެއެވެ . ބެލިބެލުމުން މިމީހަކީ މިހާރު މަސްމާރުކޭޓު ހިންގަމުންދާ ފަރާތް ކަންއެނގުނެވެ. މަސްމާރުކޭޓުގެ ކަންތައްތައް ހިނގަމުން ދާގޮތް ބަލާލިއިރު ކުރިން ހިންގި ފަރާތްތަކުން -/5ރ އަށް ކަނޑަމުންދިޔަ ސައިޒުގެ މަސް މިހާރު ކަނޑައިދެނީ ތިންގުނަބޮޑުކޮށް -/15ރ އަށެވެ. މި ފައިސާ ބެހިގެންދަނީ މަސްކަނޑާ ފަރާތައް އެއްބައި ތަންހިނގާ ފަރާތައް އެއްބައިވާ ގޮތަށެވެ. އަދި މަސްވިއްކުމަށް ހާއްސަކުރެވިފައިވާ އަށިތައް ކުއްޔައް ދެމުންދަނީ ދުވާލަކަށް -/50ރ އަށެވެ. މީ މީގެ ކުރިން ހިންގި ފަރާތްތަކުން މަސްވިއްކާ ފަރާތް ތަކަށް އަގަކާނުލާދެމުން ދިޔަ ތަންތަނެވެ.
- މާރުކޭޓް ގޮޅިތައް ބެހިފައިވާގޮތް.
- ދަތުރުވެރިންގެ މާރުކޭޓް ( ތަރުކާރީ މޭވާވިއްކުމަށް ޚާއްސަ ) 163 ގޮޅި.
- ލޯކަލްމާރުކޭޓް ( " " ) 100 ގޮޅި.
- ލޯކަލްމާރުކޭޓް ( ވަޅޯމަސް ވިއްކުމަށް ޚާއްސަ ) 32 ގޮޅި.
- ލޯކަލްމާރުކޭޓް (ލުއިކާނާ ސޮފްޓްޑްރިންކްސް ޚާއްސަ ) 35 ގޮޅި.
- ލޯކަލްމާރުކޭޓް (އިންޕޯޓް މުދާ ވިއްކާ /ގަޑި ކަމަރު ޚާއްސަ) 19 ގޮޅި.
ސިޓީ ކައުންސިލުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ވަނީ އެސީސީ އަދި އެތައް ތަނަކަށް ހުށަހެޅިފައެވެ. ނަމަވެސް ސިޓީ ކައުންސިލްގެ އެވެސް މައްސަލައެއް ކޮޅެއްގައި ނުޖެހޭއިރު ސިޓީ ކައުންސިލުން ދަނީ އުސޫލުްތަކާއި ގާނޫނާއި ގަވައިދާ ހިލާފަށް އެތައްކަމެއް ހިންގަމުންނެވެ.
One Response
މާލެ އަކީ މުއިއްޒު ގެ މައިން ބަފައިން ގެ ތަރިކަ މުދާގަނޑެއް ކަމައް ނިންމީ ރ.ސޯލިހް. ފްލެޓް ތައް ވެސް ދިނީ މުއިއްޒު ހެދި ލިސްޓައް ރ.ސޯލިހް. މުއިއްޒު ގެ ބާރު ގަދަ ކަން މިހާރު އެނގިއްޖެ. ޕީޕީއެމް ގެ ބާރު އަދިވެސް އޮންނަނީ. އެމްޑީޕީ އަށް ތާއީދު ކުރާ މީހުން ނަކައް އެއްވެސް އެއްޗެށް ނެތް.