Ad

ދިއްފުށީގައި އޮންނަނީ މެމްބަރު ނަސީމްގެ ރަންނަމާރި އުސޫލުތޯ؟: މެމްބަރު ސައުދު

ކ. ދިއްފުށީގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކުރި ކަމަށްބުނެ ތުހުމަތު ކުރެވޭ މީހާ ގައިގައި ތަޅައި ހަމަނުޖެހުން ހިންގުމަކީ ދިއްފުށީގައި އޮންނަ މެމްބަރު ނަސީމްގެ ރަންނަމާރި އުސޫލުތޯ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލުކުރައްވައި މެމްބަރު ނަސީމަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ބޮޑު އީދު ބަންދުގައި ޗުއްޓީ އަށް ދިއްފުއްޓަށް ދިޔަ ގއ. ވިލިނިގިލީ މީހަކު، ދިއްފުށީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، އެ ރަށު ބަޔަކު ވަނީ ތުހުމަތު ކުރެވޭ މީހާގައިގައި ތަޅަައި ވަރަށް ބޮޑަށް އަނިޔާ ކޮއްފައެވެ. އަދި ރަށު ރައްޔިތުން ކުރިމަތީ އޭނާ ބަރަހަނާކޮށް އިންސާނީ ކަރާމާތާ ޚިލާފު އެތައް ކަމެއް ވަނީ ހިންގާފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވޭއިރު މިފަދަ ހަމަނުޖެހުންތަކަށް ހިއްވަރު ދެއްވަނީ އެދާއިރާގެ މެމްބަރު ނަސީމްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެއީ މިކަމުގައި އިސްކޮށް އުޅުނީ ނަސީމްއާ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ވާތީއެވެ. މި މީހުން މީގެ ކުރިންވެސް ވަނީ ވައްކަމުގެ މައްސަލައެއްގައި މަރާމާރީ ހިންގާ މަގުމަތިން އިންސާފު ޤާއިމްކޮއްފައެވެ.

ތުހުމަތު ތަކާ ގުޅިގެން މެމްބަރު ނަސީމް ވިދާޅުވެފައިވަނީ އޭނާއަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމަކަށް ހިތްވަރުދީ، ލޯބި ކުރި މީހެއް ނޫން ކަމަށެވެ. އެކަމަކު، "ރަންނަމާރި ހެދިގެން" ރަށްރަށުގައި ނޫޅެވޭނެ ކަމަށެވެ. 

ނަސީމްގެ މިވާހަތަކަށް ރައްދު ދެއްވައި ސައުދު ވިދާޅުވީ ތުހުމަތެއް އުފެދުމުން އެކަމަށް އޮތް ޤާނޫނީ ހަމަތައް ނަގާލައި، ޖަންގަލީގެ އުސޫލުން އިންސާނަކު ތަޅާމަރާ ކަތިލަން ދޫކޮށްލުމަކީ މެމްބަރު ނަސީމާއި، ދިއްފުށީ ރައްޔިތުންގެ އުސޫލުތޯ ސުވާލު ކުރައްވާފައެވެ.

ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލައާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ދިއްފުށި ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތްވެސް ޕޮލިހުންގެ ޕްރޮފެޝަަން ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ތަޙްޤީގުކުރަމުންނެވެ.

އަނިޔާވި ފަރާތުން ތުހުމަތުކުރާ ގޮތުގައި އޭނާއަށް އަނިޔާ ކުރީ ފުލުހުންވެސް ބައިވެރިވެގެން ކަމަށެވެ. އަދި ފުލުހުންގެ އެހީއަށް އެދުމުން އެހީވުމުގެ ބަދަލުގައި އެ ފުލުސް އޮފިސަރު އޭނާއަށް އިންޒާރު ދިން ކަމަށް އަނިޔާ ލިބުނު ފަރާތުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *