ކ. ދިއްފުށީގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށްބުނެ ގއ. ވިލިނގިލީ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކުރި މައްސަލައިގެ ތެރެއިން އެތައް މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މީގެތެރޭގައި ދިއްފުށީ ގްރޫޕުން އަނިޔާކުރި ޝިހާމްގެ އަންހެނުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހިމެނެއެވެ. މަޢުލޫމާތު އިނގޭ މީހަކު އިރުވަރު ނޫހަށް މައުލޫމާތުދެމުން ބުނީ ޝިހާމްގައިގައި ތެޅިވަގުތު އެކަން ހުއްޓުވަން އޭނާގެ އަންހެނުން މަސައްކަތް ކުރިކަމަށެވެ.
"ޝިހާމްއާއި އޭނާގެ އަންހެނުންނާއި 3 ކުދިންނާއި އަދި އަންހެނުންގެ ކޮއްކޮ ފިހާރައެއްގެ ތެރޭގައި ތިއްބާ އެމީހުން އައީ. ފިހާރައަށް ވަދެ ޝިހާމްގެ ކަރުގަ ހިފާފަ ތަޅަމުން ނެރުނީ. ފަހުން އެރަށު ހެލްތު ސެންޓަރުން ޝިހާމް ނެރެގެން ތަޅަން ފެށީމަ ޝިހާމްގެ އަންހެނުން ޝިހާމްގެ ގައިގައި ބައްދާ އެކަން ހުއްޓުވަން ވަރަށް މަސައްކަތް ކުރި. އެވަގުތު އެތަނުން ތިން މީހަކު ޝިހާމްގެ އަންހެނުންގެ ޖިންސީ ގުނަވަންތަކުގައި ހިފާ ޖިންސީ އަދި ޖިސްމާނީ އަނިޔާވެސް ކުރި. މިހާރުވެސް އޭނާގެ ގައިގައި އެ ނިޝާންތައް ހުންނާނެ. ނަމަވެސް މިހާތަނަށް އެކަމާ ބެހޭ ގޮތުންވެސް އަދި ޝިހާމަށް އަނިޔާ ކުރި މައްސަލަޔާ ގުޅިގެންވެސް އޭނާގެ އަންހެނުންނާ އެއްވެސް ސުވާލެއް ފުލުހުން ނުކުރޭ." މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.
ޝިހާމްގައިގައި އެންމެ ފުރަތަމަ ތަޅަންފެށި އިރު އެ މަންޒަރުތައް ވީޑިއޯކުރަން ހުރި ޝިހާމްގެ އަންހެނުންގެ ކޮއްކޮއަށްވެސް އަނިޔާކޮއް އޭނާގެ ފޯނުވެސް ފޭރިގަނެފައިވާކަަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"ޝިހާމްގެ އަންހެނުންގެ އަންހެން ކޮއްކޮއެއް އެ މަންޒަރު ވީޑިއޯކުރަން ހުއްޓަ ޝިހާމަށް އަނިޔާކުރަމުންދިޔަ މީހުންގެތެރެއިން ބަޔަކު އެ އަންހެން ކުއްޖާ ވައްޓާލާ އަނިޔާކޮށް ފޯނު ފޭރިގަތީ. އެމީހުން ފޯނު ހިފައިގެން ދިޔައީ. މި މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފަ ވާނީ. ނަމަވެސް މިކަމާ ބެހޭގޮތުންވެސް ފުލުހުން އެއްވެސް ސުވާލެއް އަދި ނުކުރޭ." މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.
ޝިހާމްގެ އަންހެނުންނަކީ މީގެކުރިން ދިއްފުށީ މީހަކާ އިނދެގެން އުޅުނު މީހެކެވެ. އެދެމީހުންގެ 3 ކުދިންވެސް ތިބެއެވެ. ޝިހާމްއާއި އޭނާގެ އަންހެނުންނާއި އަދި އެ 3 ކުދިން ދިއްފުއްޓަށް ދިޔައީ 3 ކުދިންގެ މާމަގެ އެދުމުގެ މަތިން ކުދިން މާމައާ ބައްދަލުކޮއްލުމަށެވެ. ޝިހާމަށް އަނިޔާ ކުރީ އަނެއް ދުވަހު ފުރަން ތައްޔާރުވެފައި ވަނިކޮށެވެ.
ދިއްފުށީ ގްރޫޕަކުން ޝިހާމަށް އަނިޔާކުރީ އެރަށު އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެއެވެ. ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް ޝިހާމާ އެއްވެސް ސުވާލެއް ފުލުހުން ނުކުރާ ކަމަށް މައުލޫމަތު ލިބެއެވެ.
ދިއްފުށީގައި ގާނޫނު އަމިއްލަ އަތްމައްޗަށް ނަގާ ކުއްކުރާމީހުން ނުވަތަ އެކަމަށް ޝައްކުކުރާމީހުންގައިގާ ތެޅުމަކީ އެރަށުގައި މިހާރަކަށް އައިސް ކުރަމުން އަންނަ ކަމެކެވެ. މިކަމުގައި އިސްކޮއް އުޅެނީ އެދާއިރާގެ މެމްބަރު ނަސީމް ގާތް ގުޅުމެއް އޮންނަ ގްރޫޕަކުންނެވެ. މިކަމާ ގުޅިގެން މެމްބަރު ނަސީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަނިޔާ ކުރުމަކީ އޭނާ ހިއްވަރުދޭ ކަމެއް ނޫންކަމަށާއި ދިއްފުށީ މީހުން އެކަން ކުރީ ޖަޒްބާތުގައި ޖެހިގެން ކަމަށެވެ.
ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް އަދަބު ދޭންވީއެވެ. މިކަމަށް ޤާނޫނުތަކާ ޤަވާއިތުތައްވެސް އެބަހުއްޓެވެ. ނަމަވެސް ވަކިރަށެއްގައި މިގޮތައް އަމިއްލަ އަތައް ގާނޫނު ނަގައިގެން މޮބް ރޫލް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެކެވެ. އަދި މިކަމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ. މިއީ ވަރަށް ނުރައްކާތެރި ސަގާފަތެއްގެ ފެށުމެވެ.
މި މައްސަލަޔާ ގުޅިގެން ފުލުހުން ވިދާޅުވީ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަވެސް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
2 Responses
Habaruthah liyaa iru vehje ehnu thedho dhogu balaigen liyan. Emeehaa kuri kuh foruvan haadha masaiykatheh media thakun eba kureyey. Ma nubunan emeeha gaiga thalhaigathun eii rangalhu kamekey. Thibunaa shiham eh kairy ahabala e gadu ganefa enme avahah in ferry launch in jaaga hoadhan ulhuny keehve thoa aneh dhuvahu hedhunu furan hama jehifa indha..
Vaki Rashah ge meeheh v ma Kuda kudhinnaa nubeheyne kamah dhw thi isthihaaru kuranee..