Ad

މަސްތުވާ ތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހުނޭޝާ ބަންދުން ދޫކޮއްލައިފި

މަސްތުވާ ތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، ހުނޭޝާ އާދަމް ނަސީރު ބަންދުން ދޫ ކޮށްލައިފިއެވެ.

ޓިކްޓޮކާއި ބައެއް ފިލްމު ތަކުން އާންމުންގެ ތެރެއަށް ތަޢާރަފްވެގެންދިޔަ ހުނޭޝާއާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރު ކޮށްފައިވަނީ  މިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުން އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ޑައިފޯމިން އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެއެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ އެ ކޯޓުގައި އޮތް ބަންދުގެ މުއްދަތު މުރާޖައާ ކުރުމުގެ ޝަރީއަތުގައެވެ. އޭނާ ދޫކޮށްލުމަށް އަމުރު ކޮށްފައިވަނީ، ފުލުންނަށް ފެނުނު މަސްތުވާތަކެއްޗާއި އެނާއާއި ގުޅުވޭނެ ހެކިތައް ފުލުހުންނަށް ނުދެއްކުމުގެ ސަބަބުންނެވެ. އަދި މިތަކެތީގެ ޒިންމާ އެހެން މީހަކު އުފުލާފައިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *