Ad

ރައީސް ނަޝީދަށް އެމްޕީ ނާޝިޒް ވަރުގަދަ ރައްދެއް ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި ޕޯސްޓަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ލީ ޕޯސްޓެއްގައި ވަނީ "ފޭކު" ޓްވިޓަރ އައިޑީއަކުން މެމްބަރު ނާޝިޒްއާ ބެހޭ ގޮތުން ކޮއްފައިވާ ޕޯސްޓެކެވެ. މި ޕޯސްޓްގައި ވަނީ "އަލަމްގިރި ހައްޔަރު ކޮށް އޭނަ އަތުން ހޯދި ފޯނުން ފެނުނު އެމްޕީ ނާޝިޒްގެ ވީޑިއޯ ޑިލީޓް ކޮއްލީތޯ ސުވާލު ކޮއްފައެވެ. އަދި އެމްޕީ ރޮޒޭނާ އަކީ ކިތަންމެ ބާރުގަދަ މީހަކަށް ވިޔަސް މާ ގިނަ ދުވަހެއް ނުވެ ނާޝިޒާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާ ވީޑިޔޯ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ." މި ޕޯސްޓް ހިއްސާ ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ނާޝިޒް އާ ރޮޒޭނާ ޓެގް ކުރައްވާ މިއީ ތެދެއްތޯ އައްސަވާފައެވެ.

ރައީސް ނަޝީދަށް ރައްދުދެއްވައި މެމްބަރު ނާޝީޒް ވިދާޅުވީ، ތި ހަދާ ދޮގުތަކާއި ތި އަނބުރާ ގޭސްތައް އަޑުއަހާނެ ބަޔަކު މިހާރު ނެތް ކަމަށެވެ.

ރައީސް ނަޝީދަށް ރައްދުދެއްވައި ނާޝިޒް ކުރެއްވި އިތުރު މެސެޖެއްގައި ވަނީ ތިޔަ ޒާތުގެ ހަޤީޤަތާ ހިލާފު ވާހަކަ ފެތުރުމަކީ މަނިކުފާނު އަލަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި އެހެން މެސެޖްތަކެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އަންހެެއް ކުއްޖަކާއެކު ބަދުއަހުލާޤީ އަމަލު ހިންގާ 4 ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށެވެ. މި ތުހުމަތުތަކަށް ރައްދުދެއްވީ އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. 

ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމާ ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ނުހުރުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *