ވ.އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީން ނެންގެވި މައްސަލައިގެ ޝަރީއަތުގައި މުހައްމަދު ހުސެން (އޮއިއްޓޭ) ، ގ.އޮއެވާލި ޝަރީއަތުގެ މަޖްލީހުގައި ރައީސް ޔާމީން އަށް އެއްމިލިއަން ރުފިޔާ ދިންގޮތުގެ ތަފްސީލު ކިޔާދިންލޭ ތަފްސީލު ކަމުން ރައީސް ޔާމީން ފަލީހަތްވެ ރައީސް ޔާމީންގެ ވަކީލުން ރުޅިގަދަވެއްޖެއެވެ.
އޮންލައިންކޮށް ހެކިބަސް ނުނެގޭނެ ކަމަށް ބުނެ ފުރަތަމަ އޮއިއްޓޭޭގެ ބަޔާން ނެގިޔަ ނުދޭން ރައީސް ޔާމީނުގެ ވަކީލުން މަސައްކަތް ކުރެއްވިއެވެ. އެކަން ފެއިލްވުމުން މަސައްކަތް ކުރީ އޮއިއްޓޭގެ ވިސާ އަދި ޒާތީ މައުލޫމާތުގެ ސުވާލުތަށް ކޮށްގެން އޮފްބެލެންސް ކޮށްލާށެވެ. ނަމަވެސް އޮއިއްޓޭ ރައީސް ޔާމީން ގެކޮޅަށް ގޮސް 1 ލައްކަ ރުފިޔާ ދިނުމުން ރައީސް ޔާމީން ކޯފާވި ގޮތާއި އަދި ފަހުން އެއްމިލިއަން ރުފިޔާ ގެނައުމުން ސިދާ ރައީސް ޔާމީން އުފާވި ގޮތާއި ، ސިދާ ފައިސާ ބަލާ ރައީސް ޔާމީން ނުކުންނަވާކަމަށް އޮއިއްޓޭ ބުނުމުން ރައީސް ޔާމީން ކޯފާވިއެވެ.
މިކަމަކީ މިމައްސަލައާއި ގުޅުން ހުރިކަމެއް ނޫންކަމަށް ބުނެ ތަފާތު އުޒުރުތަށް ދެއްކެވިއެވެ. ނަމަވެސް އޮއިއްޓޭ ބުނިބުނުމަކަށް ރައްދެއްވެސް ނުދެވުނެވެ. އަދި އެކަމަށް ދިފާއުއެއް ރައީސް ޔާމީނަކަށް ނުދެއްކެވުނެވެ. އަދި ލޯޔަރުން ކުރިހާވެސް ކަމަކީ ކަމާ ނުބެހޭ މީހުންގެ ސުވާލުތައް އޮއިއްޓޭ އާއި ކުރަން މަސައްކަތް ކުރުމެވެ. ނަމަވެސް ޕީޖީީން އެކަމަށް އިއުތިރާޒް ކުރުމުން ޝަރީއަތުން އެސުވާލުތައް ބަލައެއްނުގަތެވެ. އިތުރު ސުވާލުތައް ކްރޮސްއެގްޒެމިނޭޝަންގައި ކުރުމަށް ރައީސް ޔާމީން ފަރާތުންވެސް ހެއްކެއްގެ ގޮތުގައި އޮއިއްޓޭ ހުށަަަަަނޭޅީ ކީއްވެތޯ ދައުލަތުން އެހުމުން ރައީސް ޔާމީންގެ ގާނޫނީ ޓީމް ހިމޭންވިއެވެ. ހެކިވެރިންނާއި ހެކިތަކާއި ބެހޭގޮތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ އިޖުރާއީ މައްސަލަތައްވެސް ވަގުތު ހަމަވި އިރު ރައީސް ޔާމީނުގެ ވަކީލުންން ހުށަނޭޅުމުން އެފުރުސަތުވެސް ވަނީ ގެއްލިފައިއެވެ.
ރައީސް ޔާމީނަށް ލާރި ދިންގޮތް ވަރަށް ތަފްސީލްކޮށް އޮއިއްޓޭ ކިޔައިދެމުން ދަނިކޮށް ރައީސް ޔާމީންގެ ވަކީލުން ވަނީ ވަކިގޮތަކަށް ކެހިބަސްދޭން އެއްވެސް ފަރާތަކުން އެދުނުތޯ އޮއިއްޓޭއާ ސުވާލުކޮއްފައެވެ. މި ސުވާލުގެ ޖަވާބުގައި އޮއިއްޓޭ ބުނީ އޭނާއައީ މިހާރު ޔޫކޭގައި ދިރިއުޅޭ މީހެއްކަމަށާއި އެހެންކަމުން ހެކިބަސް ދިނުމުގައި އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ.
9 Responses
އޮއިއްޓޭ ހެދީ ދޮގުކަން އަޑުއެހި ކޮންމެ މީހަކަށް ކަށަވަރު
މިނޫސް ލިޔާނީ ގަމާރުންގެ އެހެންމީހުނަށް ފެނުނީ އޮއިއްޓޭ ދޮގު ހެކި
އޮއިއްޓޭއަކީ އަދީބުގެ ޕަޕެޓެއް މިހާރުވެސް އޮއިއްޓެ ރާއްޖއިންބޭރުއެއުޅެނީއަދީބުގެވަގުފައިސާގަ އެވަރުގެމީހުދޭހެކިބަސްވެސް އިސްލާމީ ޝަރިއަތެއްގަ ގަބޫލކުރެވިގެންނުވާނެ
Bala oitte e buna nee 50000 rufiyaa ge 10 bondi dhin kama eiga 1 million hamavaane Gotham kee kobaa
ekamun engenee saru kaaraa eku deal hedhee dhogu heki dheyn kan
Ahun mi buna nee yaameen faisaa nu naga ekey noon ekamaku dheulhi nuvaa heki husha alhaathee thi bunaa oitte akah handhaane netho diver akah huri iru bro eina ah dhin musaara ves ekamaku etha bayaka faisaa behi iru hama ekani yaameen ah dhin faisaa handhaa huree
Keneree gey Nasheed ge phone gellunu kahala kamakaa vatharee
އެއީ ޔާމީނުއަތަކަށް ނޫނޭ އޮއިއްޓޭ ފައިސާދީގެން ތިޔައުޅެނީ ޔާމީނު އެއީ ބޮޑު ވަގެއް ޔާމީނުއަކަށް ނޫނީއްޔާ ނޭތްގޭނޭ ތިބާވަތުގެ ވަންކަން ކުރާކަށް
kanqkamugawi olhuvaalan massakai kuriya theegen dheyhacanee thinoohuge gamaarukamaai thandhorunufilaa kan furathama liyankiyandhaskurey dhen meehun dhakkaa vaahakathake rangalha olhunfileema angahaavan dheema dhan kolhe thaahiruveeskanneyge
50000 ގެ 10 ބޮނޑި ހާ ހާ އޮރިޔާންވީ ކާކުބާ. މުޅިދައުލަތް ފަޅީހަތްވެއްޖެ. ކަޅުދަބަސް އުފުލިކަން ފަޅާއަރައިފި.
Ginabayaku dhaanee sareeai balamun. Olhuvaalan ulhunas olhuvaeh nuleveyne. Laadheenee Iboo ge athaa bathaa kaigen ulhey IRUVARU ge dhalugai nujeheynan
Mdp ah vikifa oiy nooheh mee. Kenereege mokulhi baiganduge vaahaka liyebala