Ad
ޒަމްޒަމް ގްރޫޕްގެ ހަވާލުގައި ސައުދީއަށް ދިޔަ ގްރޫޕެއް: ފޮޓޯ/ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕް
ޒަމްޒަމް ގްރޫޕްގެ ހަވާލުގައި ސައުދީއަށް ދިޔަ ގްރޫޕެއް: ފޮޓޯ/ ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕް

ޒަމްޒަމް ގްރޫޕްގެ ހަވާލުގައި އުމްރާއަށް ފުރަން އުޅުނު ބަޔަކު ނުފުރި ތާށިވެފައި ތިބޭތާ 2 ދުވަސް!

ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިމަހުގެ 3 ވަނަ ދުވަހު ރާއްޖެއިން އުމްރާއަށް ފުރަން އުޅުނު ބަޔަކު ނުފުރި ތާށިވެއްޖެއެވެ.

އިރުވަރު ނޫހަށް މައުލޫމާތުދެމުން ޒަމްޒަމް ގްރޫޕްގެ ހަވާލުގައި ސައުދީއަށް ފުރަން ދިޔަ މީހަކު ބުނީ އެމީހުން ސައުދީއަށް ފުރަން ހަމަޖެހިފައިއޮތީ މިމަހުގެ 3 ވަނަ ދުވަހު ކަމަށާއި ފުރަން އެއަރޕޯޓަށް ދިޔަ ފަހުން ފްލައިޓަށް މައްސަލައެއް ދިމާވެ އެދުވަހު ނުފުރޭނެކަން އެންގި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހުވެސް ފުރަން އެއަރޕޯޓަށް ދާން ބުނި ކަމަށާއި ނަމަވެސް އެދުވަހުވެސް ކެންސަލްވީ ކަމަށެވެ. ދެން ފުރޭނެ ސީދާ ދުވަހެއް ޒަމްޒަމް ގްރޫޕުން އަންގާފައި ނުވާކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އިރުވަރު ނޫހަށް މައުލޫމާތު ދެއްވަމުން ޒަމްޒަމް ގްރޫޕްގެ އިސް އޮފިޝަލަކު ވިދާޅުވީ އެގްރޫޕްގެ ހަވާލުގައި 3 އޮގަސްޓް ގައި ފުރަން ތިބި މީހުންނަށް ނުފުރިގެން އުޅެނީ ސައުދީ އެއަރލައިންގެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އެ ފްލައިޓުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ 45 މީހުން ފިޔަވައި ދެން ތިބި މީހުން މިހާރު ސައުދީއަށް ގޮސްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ސައުދީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އެމީހުން ސައުދީއަށް ފުރުވާލެވޭނެ ސީދާ ދުވަހެއް ނޭންގޭކަމަށާއި ނަމަވެސް އުންމީދަކީ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އެމީހުން ފުރުވާލުން ކަމަށް ޒަމްޒަމް ގްރޫޕްގެ އޮފިޝަލް ވިދާޅުވިއެވެ.

ޒަމްޒަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މިފަހަރު އުމްރާއަށް ދިއުމަށް ހަމަޖެހިފައިވަނީ 60 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *