ޕްރޮސެކިޓްއުޓަރ ޖެރެެނަލް އޮފީހުގެ ތަރުޖަމާނު ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީޢުގެ ވީޑިއޯއެއްކަމަށްބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރު ކުރަމުންދަނީ ވިއެޓްނާމް މީހެއްގެ ވީޑިއޯއެއްކަން އެނގިއްޖެއެވެ.
ސަރުކާރާ ދެކޮޅަށް ޓްވީޓް ކުރަމުން ގެންދާ ފޭކް ޓްވިޓަރ އެކައުންޓެއްކަމަށްވާ "އުމަރު ޝުޖާއު" ނަމަކަށް ކިޔާ އައިޑީއަކުން މިއަދު އާންމުކުރި ވީޑިއޯ ކްލިޕެއްގައި ފެންނަނީ ފިރިހެނަކު ބޮކްސާ ލައިގެން ލޯގަނޑު ކުރިމަތީ ހުންނަ މަންޒަރެވެ. މި ވީޑިއޯ އާންމު ކުރަމުން ބުނެފައިވަނީ ޝަފީޢުގެ އިތުރު ވީޑިއޯ ރިލީސް ނުވަނީސް އިސްތިއުފާ ދެއްވުމަށެވެ. ނަމަވެސް މި ވީޑިއޯއަކީ ވިއެޓްނާމްގެ ފިރިހެނަކުގެ ވީޑިއޯއެއްކަން މިހާރު ވަނީ ޔަޤީންވެފައެވެ.
ބޮކްސާ ކޮޅުގަ ހުރެ ފިރިހެނުންނަށް @Grindr އެޕުން ބަރަހަނާ ފޮޓޯ އާ ވީޑިއޯ ފޮނުވާ ފިރިހެން އަލަމްގިރިން @PGO_MV އޮފީހުން ވަގުތުން ވަކި ކުރުމަށް ޝަމީމަށް ގޮވާލަން. @ShafeeuAhmeddގެ އިތުރު ވީޑިޔޯ ރިލީސް ނުވަނީސް އަވަހަށް އިސްތިއުފާ ދެއްވާ. ބާއްޖަވެރި ރޭގަނޑަކަށް އެދެން. pic.twitter.com/15svrxSZGN
— Umar Shujau (@umarshujau) August 6, 2022
މި ޓްވީޓާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ ވައިބަރ ގްރޫޕްގައި މިކަމުގެ ހަޤީޤަތް އޮޅުން ފިލުވަން ނޫސްވެރިޔަކު ސުވާލު ކުރުމުން ޝަފީޢު ވިދާޅުވީ، އޭނާގެ ފަސްބައި ސާފުވާނެ ކަމަށެވެ.
އަދި އޭގެ ފަހުން ޝަފީޢު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ވަކި ބޭނުމެއްގައި އޭނާގެ އަގު ވައްޓާލަން ކުރަމުންދާ ކަމެއްކަމަށެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނުކަންވެސް ކުރައްވާ ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޒް އަޙުމަދު ޝަފީޢުއަކީ ހަރުކަށި ފިކުރުގެ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލެކެވެ. ޔޯގާގެ މައްސަލައިގައިވެސް ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވަނީ ޝަފީޢުއެވެ.
އުމަރު ޝުޖާޢުގެ ނަމުގައި ހިންގަމުންގެންދާ ޓްވިޓަރ އެކައުންޓަކީ ރައީސް ނަޝީދަށް ތާޢީދުކޮށް، ރައީސް ސޯލިހާ ދޮކޮޅަށް އަޑުއުފުލާ ފޭކު އެކައުންޓެކެވެ. މި އެކައުންޓުން ވަނީ ރައީސް ސޯލިހާ ގާތް ގުޅުމެއް އޮންނަ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒްގެ ވީޑިއޯއެއް އަލަމްގިރި ފޯނުން ނެފި އެ ވީޑިއޯ ފުލުހުން ޑިލީޓް ކުރީތޯ ބުނެ ސުވާލުކޮއްފައެވެ. އަދި ފުލުހުން އެ ވީޑިއޯ ޑިލީޓް ކުރިޔަސް ވަރަށް އަވަހަށް އެ ވީޑިއޯ އާންމުވާނެކަމަށް ވަނީ ބުނެފައެވެ. ނާޝިޒްއާ ދެކޮޅަށް ކުރި މި ޓްވީޓްގެ ސްކްރީން ޝޮޓެއް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕަށް ލުމަށްފަހު މިއީ ތެދެއްތޯ ނާޝިޒް ކުރެން އައްސަވާފައެވެ. އަދި ނާޝިޒް ވަނީ މިއީ ދޮގެއްކަން ހާމަކޮށް ރައީސް ނަޝީދަށް ވަރުގަދަ ރައްދެއްވެސް ދެއްވާފައެވެ.