Ad

އަނެކާ ތިމާގެ ބާރުގެދަށުގައި ބެހެއްޓުމަށްޓަކާ ކުރާ ކޮންމެ ކަމަކީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަންކަން: ޑރ. މުޙައްމަދު އަލީ

އަނެކާ ތިމާގެ ބާރުގެދަށުގައި ބެހެއްޓުމަށްޓަކާ ކުރާ ކޮންމެ ކަމަކީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު ޑރ. މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގިނަފަހަރަށް ގެވެށިއަނިޔާ ލިބޭމީހުން އެމީހުންގެވާހަކަ އެހެންމީހުންނާ ހިއްސާނުކުރާ ކަމަށެވެ. އެއީ އެހެންމީހުން ތިމާގެ ވާހަކަ ގަބޫލުނުކޮށްދާނެކަމުގެ ބިރަށް ނުވަތަ ތިމާގެ އާއިލާގެ މީހުން އެވާހަކަތައް ދޮގުކޮށްފާނެކަމުގެ ބިރަށް ކަމަށް ޑރ. ވިދާޅުވިއެވެ.

"އަނެކާ، ތިމާގެ ބާރުގެދަށުގައި ބެހެއްޓުމަށްޓަކާ ،ތިމާގެ ބައިވެރިޔާ ކޮންޓުރޯލް ކުރުމަށްޓަކާ ކުރާ ކޮންމެ ކަމަކީ ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަންކަން. އެއީ ބައިވެރިޔާގެ ބޭންކު ކާރޑު ތިމާގެ އަތުގައި ބޭއްވުން ކަމުގައިވިޔަސް،ގޭތެރޭގެ ބޭނުމަށް ގަނެވޭނެ ތަކެތި ތިމާގެ ހުއްދައާއި ނުލާނުގަނެވޭގޮތަށް އޮތުންވެސް، އަދި ނުހައްގުން ބައިވެރިޔާގެ ގައިގާ އަތްލުން/ އަތްއިސްކުރުން/ޖެހުން ކަމުގައިވިޔަސް -މި ޢަމަލުތައްވަންނާނީ ގެވެށިއަނިޔާގެ ތެރެއަށް. މިކަހަލަ ކަމެއް ތިބާއަށް ކުރިމަތިވަމުންދާނަމަ އެންމެ އިތުބާރުހިފޭ މީހަކާހިއްސާކުރުމާއި އެކު އެހީހޯދާ. މަޑުންނުހުރޭ!" ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމުކަމެކެވެ. ދިރާސާ ތަކުން ދައްކާގޮތުން ގިނަ އާޢިލާތަކުގައި ގެވެށި އަނިޔާ ލިބިފައިވާ މީހަކު ނުތަވަ ބަޔަކު އުޅެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މިފަދަ މައްސަލަތައް ތަހަންމަލް ކުރަމުންދާ ފަރާތްތައް ވަރަށް ގިނައެވެ. ނަމަވެސް ގިނަ މީހުން މިފަދަ މައްސަލަތައް ސިއްރުކުރެއެވެ. އެކަމަކު ހަނު ހުރުމަކީ ހައްލެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *