Ad

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތަކަށް އެމެރިކާ ސަރުކާރުގެ ހިލޭ އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މޫސުމަށްއަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް އެދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ޚިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޔޫ.އެސް.އެއިޑްއިން ކުރިއަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮޖެކްޓަށް ކޮންސެޕްޓް ޕޭޕަރު ހުށަހެޅުމުގެ މުއްދަތު މި އޯގަސްޓު މަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޔޫއެސް އެއިޑުން ބުނެއެވެ.

މި ފުރުސަތުގައި ކަރުދާސް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް  50،000 ހާސް އެމެރިކާ ޑޮލަރާއި 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ގްރާންޓް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފުރުޞަތު އަމާޒުކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމަށެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީއާއި ޚިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތައް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތުވެސް ހިމެނޭނެއެވެ.

ޔޫއެސް.އެއިޑްއިން ކުރިޔަށް ގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންލިބޭ ގެއްލުންތައް ކުޑަކުރުމާއެކު ދެމެހެއްޓެނިވި، ވިޔަފާރީގެ ގޮތުން ފުދުންތެރި އަދި "މާކެޓް-ޑްރިވަން" ހައްލުތަކެއް ހޯދައިދީ ތަރައްގީކޮށް، ފޯރުކޮށްދިނުމަށް ފަސްއަހަރު ދުވަހަށް ހިންގޭ ޕްރޮޖެކްޓެކެވެ.

ހުށަހެޅިދާނެ އީޖާދީ ހައްލުތައް

  • "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުން
  • މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުން
  • މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނުން.

ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ކޮންސެޕްޓު ހުށަހެޅުމަށް ޔޫއެސްއެއިޑުން ބާރު އަޅައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތެރިންނާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރ ޝިޕްތަކަށްވެސް ކޮންސެޕްޓު ހުށަހެޅޭނެ އެވެ.

މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ސާފުކުރުމަށާއި ކޮންސެޕްޓް ހުށަހެޅުމަށް [email protected] މައިލް ކުރެއްވުން އޭއެސްއެއިޑުން ވަނީ އެދިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *