Ad

ކާގޯ ޚިދުމަތަށް ޖަމްބޯއިން ގެނައި ހެޔޮ ބަދަލު! ތައިލެންޑުން މުދާ ގެންނަން މިހާރު ހާސްވާނެ ކަމެއް ނެތް

ތައިލެންޑަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ ގެންނަ އެއް ޤައުމެވެ. ޚާއްޞަކޮށް ތައިލެންޑްގެ ބެންކޮކަކީ ދިވެހިން މުދާ ގެންނަ ބައިގަނޑު ސިޓީއެވެ. ކުދި ވިޔަފާރިތަކުން ފެށިގެން އެންމެ ބޮޑެތި ވިޔަފާރިވެސް ގުޅިފައިވަނީ ބެންކޮކް މާކެޓާއެވެ. ހާއްސަކޮށް އަންނައުނާއި ބޫޓާއި ފައިވާން އެންމެ ގިނައިން އެތެރެކުރަނީ ތައިލެންޑުންނެވެ. އެއީ އެހެން ޤައުމުތަކާ ބަލާއިރު އަގުވެސް އިންތިޔާއަށް ހެޔޮވީމައެވެ.

ތައިލެންޑުން މުދާ ގެނައުމަށް ކޮންމެހެން އެ ޤައުމަށް ދާކަށް ނުޖެހެއެވެ. ރާއްޖޭގައި ހުރެގެން ހެޔޮ އަގުގައި ލުއިފަސޭހަ ގޮތަކަށް މުދާ ގެނެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައިއެވެ.  ތައިލެންޑުން ރާއްޖެއަށް މުދާ އެތެރެކޮށްދިނުމަށް ފުރުޞަތު ފަހުކޮއްދިނީ ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އިސްމާއިލް މޫސާ (ޖަންބޯ އިއްސެ)އެވެ. އިއްސެގެ ކުންފުނި "ޖަމްބޯ ފޯވާޑިން" ނެވެ.

އިސްމާޢީލް މޫސާ ވިދާޅުވީ، ތައިލެންޑުގެ ބެންކޮކުން މުދާ ފޮނުވުމުގައި ކަސްޓަމަރުންގެ އަތުން ނަގާ އަގުތަކަކީ އެހެން އެއްވެސް އެޖެންޓަކަށް ވާދަނުކުރެވޭ ވަރުގެ ހެޔޮ އަގުތަކެއް ކަމަށެވެ.

ޖަމްބޯ ފޯވާޑިން އިން ބުނީ ބެންކޮކް މުދާ އެއާފްރައިޓުކޮށްނާއި ސީފްރައިޓުކޮށް ވެސް ރާއްޖެއަށް ފޮނުވައިދޭ ކަމަށެވެ. އަދި މިކަމަށް ނަގާ އަގު ކުރިއާ އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑަށް ހެޔޮކޮށްފައިވާ ކަމަށެވެ.

"ކޮވިޑްގެ ފަހުން އެންމެ އަގުހެޔޮކޮށް ބެންކޮކުން ރާއްޖެއަށް މުދާ ފޮނުވައިދޭ ކުންފުންޏަކަށް އަޅުގަނޑުމެންގެ ޖަމްބޯ ފޯވާޑިން ކޯ ލިމިޓެޑް ވާނެ މިހާރު. އެއާ ފްރައިޓްކޮށް އަޅުގަނޑުމެން މުދާ ރާއްޖެއަށް ފޮނުވާއިރު ކިލޯއަކަށް މި ނަގަނީ 3.60 ޑޮލަރު. މިއީ ކުރީގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް، 20 ފޫޓުގެ ކޮންޓެއިނާއެއް ސީފްރައިޓްކޮށް ފޮނުވާ ކަމަށްވާ ނަމަ ޖުމްލަ ނަގާނީ އެންމެ 4،150 ޑޮލަރު ކަމަށެވެ. އޭގެ އިތުރުން އެއްވެސް ޗާޖެއް ނޯންނާނެ" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖަންބޯ އިއްސެ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *