Ad

އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދިދާނެ ވަސީލަތްތައް ބައިވަރު، ބޭނުން ހިތްވަރުގަދަ ދިވެހި ދަރިން

އިންޑިޔާ ކަނޑުގައި ފެހި މުތީގެ ހާރެއްހެން ރައްތައް އެތުރިފައިވާ، މި ދިވެހިރާއްޖޭގައި އާބާދީއެއްގެ ގޮތުގައި ފަަސްލައްކައަށް ވުރެ ގިނަ މީހުންގެ ތިބި އިރު، މީހުން ދިރިއުޅެނީ  އެންމެ 200 ރަށުގައެވެ. ބަކީ 1190 އަށް ވުރެ ގިނަ ރަށްތަކަކީ މީހުން ދިރިނޫޅޭ ފަޅު ރަށްތަކެވެ. މީގެތެރެއިން 132 ރަށެއްގައި ރިސޯޓުތައް ހަދާފައިވާއިރު، ބާކީ މިއޮތް 1058 ރަށަކީ ބޭނުން ނުހިފާ އޮތް ފަޅު ރަށްތަކެވެ. މިއީ ދިވެހިރާއްޖެއަށް ލިބިފައިވާ އަގުހުރި ޖަވާހިރުތަކެކެވެ. ރަށްތަކުގެ އިތުރުން، ވަށައިގެން މިވާ ކަނޑުފަޅުތަކަކީވެސް މިއަދު އެ ވަސީލަތްތަކުގެ ބޭނުންހިފައި، މުޅި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފަދަ ވަސީލަތްތަކެކެވެ.Fuvahmulah farmers share concerns

 

އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށްވުމަށްޓަކައި، ނުވަތަ ޢިގުތިޞާދީ ތަރައްގީގެ ރޭހުގައި ކުރިއެރުމަށްޓަކައި، އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، މުޅި ރާއްޖެގެ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން މިވަނީ މަޖުބޫރުވެފަ އެވެ. މިގޮތުން އެހެން ގައުމުތަކުން އެއްޗެހި އެތެރެކުރުމުގެ ބަދަލުގައި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެ ތަކެތި އަމިއްލައަށް އުފެއްދިދާނެ އެވެ. މިގޮތުން އާންމުކޮށް ރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ތަރުކާރީ، މޭވާ،ތެޔޮ، ލަކުޑި، ސިމެންތި ފަދަ ތަކެތި ހިމެނޭއިރު މީގެތެރޭގައި ދިވެހިންނަށް އަމިއްލައަށް އުފެއްދިދާނެ ބައެއް ތަކެތި އެބަހުއްޓެވެ.

އެގޮތުން ތަރުކާރީ އަދި މޭވާގެ ބާވަތްތައް މިއަދު ރާއްޖެއަށް ވަކި ގައުމުތަކަކުން އިމްޕޯޓް ކުރަމުން ދަތަކެއްޗެވެ. ނަމަވެސް އޭގެ ބަދަލުގައި ރާއްޖޭގައި ފަޅަށް ހުރި ރަށްތަކުގެ ތެރެއިން ބިން ރަނގަޅު ރަށްތައް ހޯދައި، އެފަދަ ރަށްތަކުގައި މޭވާއާއި ތަރުކާރީ އުފައްދައި، ރާއްޖޭގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ގޮވާމުގެ ބާވަތްތައްވެސް އުފައްދަން މަސައްކަތްކުރެވިދާނެ އެވެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންވެސްޓް ކުރެވިދާނެ ދާއިރާތަކެވެ.

 

 

 

 

 

 

 

 

މިއަދު އެހެން ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 345.6 މިލިއަން ޔޫއެސް ޑޮލަރަށް ވުރެން ބޮޑަށް އުފުލިފައިވާއިރު، މި އަދަދު މަދުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިއްޖެއެވެ. މިކަން ކަމަށް ވިސްނާ ފިކުރުކޮށް މިކަން ކަމަށް އަމަލީ ސިފައެއްް ގެނައުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާ އެއްގެ ގޮތުގައި ބަލަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *