Ad

ކަނޑުދަތުރު ކުރާ ފަރާތްތަކައް އުފާވެރި ޚަބަރެއް މިނިސްޓަރު ނަހުލާ ދެއްވައިފި

ދިވެހިރާއްޖޭގެ ފަރުތައް އަލިކުރުމަށް ބޭނުން ބައްތިތައް މަރާމާތުކޮށް ޓަވަރުތައް އަލުން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ދިވެހިރާއްޖޭގެ ފަރުތަކުގައި ޖަހާފައިވާ 12 މޭލުގެ ދުރަށް އަލިފޮނުވާދޭ ބައްތިތައް ރަނގަޅުކޮށް ޓަވަރުތައް އަލުން ގާއިމްކުރުމަށްޓަކައި ޑޯނަރ އެޖެންސީތަކާއި ،އަވައްޓެރި ދައުލަތްތަކާއި މަޝްވަރާކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުރިޔަށްއޮތް ދުވަސްތަކުގައި މިކަމަށް ބަޖެޓު ހަމަޖެހި، ދިވެހިރާއްޖޭގެ ފަރުތައް އަލިކުރުމަށް ބޭނުން ކުރާ ބައްތިތައް ޖެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މިކަމުގެ ސަބަބުން ރޭގަނޑު ދަތުރުކުރާ ދަތުރުވެރިންނަށް ރައްކާތެރި ކަމާއެކު މަންޒިލަށް ދިއުމަށް އިތުރު ފަސޭހަތަކެއްލިބޭނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ފާހަގަކުރައްވި ގޮތުގައި 2019 އަހަރު މާލޭ ޕޯޓް ލިމިޓް އޭރިޔާގެ ފަރުތަކާއި ގިރިތައް މާކު ކުރުމަށްޓަކައި 11 ސަރަހައްދެއްގައި ފަރުބައްތި ޖަހައި އާގު ބޯޓުފަހަރަށް ފަސޭހައިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް މިސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށެވެ.

"އާގު ބޯޓުފަހަރު ވަދެ ނުކުމެ ހަދާ މާލެ އަތޮޅު މާގިރި (ބޮޑުކަޅި) ސަރަހައްދުގައި 12 މީޓަރު އުސް ޓަވަރެއް ގާއިމްކޮށް 12 މޭލުގެ ނެވިގޭޝަން ލައިޓް ހަރުކޮށް އޭއައި.އެސްގެ ހިދުމަތާއެކު ބޭނުންކުރަން ވަނީ ޑިސެމްބަރު 2019 ވަނަ އަހަރު ފަށާފައި. މިކަމަކީ ކޯސްޓަލް ސްޓޭޓެއްގެ ހައިސިއްޔަތުން ކުރަން ލާޒިމްކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްވެސްމެ". މިނިސްޓަރު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ބަނދަރުތަކުގައި ނުދިއްލި ހުރި ނެރުބައްތިތައް އައުކޮށް، ހުރިހާ ރަށަކަށް ނެރުބައްތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައި، ނެރުބައްތި ބޭނުންވާ ހުރިހާ ރަށަކަށް ބައްތިތައް ވަނީ ފޯރުކޮށްދެވިފައިވާ ކަމަށާއި، މި ޕްރޮގްރާމުގެ ދަށުން ބައްތިތައް ބޭނުންވާ ހުރިހާ ރަށަކަށް ، ކޮންމެ އަހަރަކުވެސް ބައްތި ފޯރުކޮށްދެމުންކަންވެސް މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *