Ad

ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމަށް އޮތް އެންމެ ބޮޑު ފުރުޞަތަކީ ވަކިވަކި ރަށްތަކުގައި ހުރި ރިސޯޓުތައް: ވޯލްޑް ބޭންކް

 

ކޮވިޑް-19ގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިޤްތިސާދު އަލުން ނަގާ ކޮޅަށް ޖެހުމުގައި ރާއްޖެއަށް އޮތް އެންމެ ފަހި ފުރުސަތަކީ ވަކިވަކި ރަށްތަކެއްގައި ރިސޯޓުތައް ހަދާފައި ހުރުން ކަމަށް ދުނިޔޭގެ ބޭންކުން ބުނެފިއެވެ.

"ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްތުގެ އެޑްވާންޓޭޖް ދުނިޔޭގައި މިވަގުތު އެންމެ ބޮޑީ ރާއްޖެއަށް ކަމަށް، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން އެ ބޭންކުން އެކުލަވާލާފައިވާ ކަރުދާހެއްގައި ބުނެފައިވެއެވެ.

އެކަރުދާހުގައި ބުނެފައިވާ ގޮތުގައި ވަކިވަކި ރަށްތަކެއްގައި ރިސޯޓުތައް ތަރައްޤީކޮށްފައި ހުރުމުން، ޓޫރިސްޓުންނަށް ކޮވިޑްގެ ނުރައްކާ ވަރަށް ކުޑަވާނެ ކަމަށާއި އަދި ބަލީގެ ހާލަތު ވަކިވަކި ރިސޯޓުތަކުގައި މެނޭޖްކުރުމަށް ވެސް ފަސޭހަވެގެންދާނެ އެވެ.

އެބޭންކުން ބާރުއަޅާފައިވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމުގައި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ވިއްކުން ވަރަށް މުހިއްމު ކަމަށާއި މި މަޢުލޫގައި ރާއްޖެއަށް ކުރިއެރުން ހޯދެން އެބައޮތް ކަމަށްވެސް އެބޭންކުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދާދި ފަހުން ވިދާޅުވެފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓް"ގެ ކޮންސެޕްޓް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުވިއްކޭ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް މަސައްކަތްކުރަން ޖެހިފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *