Ad

އަހަރުގެ މިހާތަނަށް މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދީފިން: މިފްކޯ

މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 41300 ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާކަމަށެވެ. އަދި މަސްވެރިންނަށް 670 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ. މިދިޔަ އަހަރު މިފްކޯއިން ގަނެފައިވަނީ 58000 ޓަނުގެ މަހެވެ. އަދި މަސްވެރިންނަށް ދީފައިވަނީ 901 މިލިއަން ރުފިޔާކަމަށް ފައުޒީ ވިދާޅުވިއެވެ.

"ސެޕްޓެމްބަރގެ ފުރަތަމަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންނަށް މަސް ލިބެމުން މިއައީ. އެވްރެޖްކޮށް 600 ޓަނާއި ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް މަސް ލިބޭ ދުވާލަކަށް. އެހެންވީމަ މިދިޔަ ބުރާސްފަތި ދުވަހަށް ބަލާކަމަށްވަންޏާ ހުކުރު ދުވަހުގެ ބަޔަކާއި އެއްކޮށް ހުރިހައި މަހެއް ކިރައި އެއީ ގާތްގަނޑަކަށް 860 ވަރަކަށް ޓަނު. އެއީ ޖުމްލަކަށް ބަލާކަމަށްވަންޏާ މިފްކޯގެ އެއްދުވަހެއްގެ ރިކޯޑް އިނގޭތޯ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. މިއާއެކު ފާއިތުވި މަހެއްހާ ދުބަވު ބައެއް ދޯނިފަހަރުން ދުއިސައްތަ ޓަނަށްވުރެ ގިނަ އިން މަސް ކިރުވާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

"1 ދޯނި މި 4 ހަފްތާގެ ތެރޭގައި އެބަހުރި 230 ޓަނު ކިރާފައި. އެއީ ގާތްގަނޑަކަށް 4 ވަރަކަށް މިލިއަން ރުފިޔާ. އޭގެ ގާތްގަނޑަކަށް 14 ވަރަކަށް ދޯނި އެބަހުރި 200 ޓަނުގެ ރޭންޖްގައި. އޭގެ ފަހަތައް ބަލާއިރު ދޯންޏަކުން އެބަހުރި އެވްރެޖްކޮށް 20 ތަނު، 10 ޓަނު ވެސް. އެހެންވީމަ މަސްވެރިކަން ވަރަށް ރަނގަޅު." އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *