Ad
ކިލޯއިން ދޮރުން ދޮރަށް ކަނޑުމަގުން މުދާ ފުނުވައިދޭ އަގުތައް
ކިލޯއިން ދޮރުން ދޮރަށް ކަނޑުމަގުން މުދާ ފުނުވައިދޭ އަގުތައް

ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވައިދިނުން: ޖަމްބޯ ފޯވާޑިން އިން އާ ޚިދުމަތްތަކާއެކު އަގު ހެޔޮ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި

ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވަން ބޭނުންވާ ދިވެހިންނަށް ޚާއްސަ ކޮށްގެން ޖަމްބޯ ފޯވާޑިން އިން އައު ޚިދުމަތްތަކާއެކު އަގު ހެޔޮ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ފައިވާން ވިޔަފާރީގައި މަޝްހޫރު އިސްމާޢިލް މޫސާ (ޖަމްބޯ) ވިދާޅުވި ގޮތުގައި "މިފަހަރުގެ ޕްރޮމޯޝަނާއި އާ ޚިދުމަތްތައް ބިނާކޮށްފައި ވާނީ މާކެޓުގެ އެންމެ އަގުހެޔޮ އަދި އެންމެ ފަސޭހައިން ދިވެހިންނަށް ޚިދުމަތަށް ވާސިލްވެވޭނެ ގޮތަށެ"ވެ.

ޖަމްބޯ ވިދާޅުވި ގޮތުގައި އެއާ ފްރައިޓް މެދުވެރިކޮށް ދޮރުން ދޮރަށް މުދާ ފޮނުވައިދިނުމުގެ ޚިދުމަތް މިހާރު ކަނޑުމަގުން ވެސް ދިވެހިންނަށް ފޯރުކޮށް ދޭނެއެވެ. ދޮރުން ދޮރަށް ކަނޑުމަގުން މުދާ ފޮނުވައި ދިނުމަށް އެކުންފުނިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު އެއް ކިލޯ އާއި 50 ކިލޯއާ ދެމެދުގެ ޝިޕްމެންޓަކަށް ނަގާނީ ކިލޯ އަކަށް ހަތަރު އެމެރިކާ ޑޮލަރެވެ. ފަންސާސް ކިލޯއިން ފެށިގެން 100 ކިލޯއާ ހަމައަށް ކިލޯ އަކަށް 3.5 އެމެރިކާ ޑޮލަރެވެ. ސަތޭކަ ކިލޯއިން މަތި ނަމަ ކިލޯ އަކަށް ތިން އެމެރިކާ ޑޮލަރެވެ.

ކިލޯ އުސޫލުން ކަނޑު މަގުން ދޮރުން ދޮރަށް މުދާ ފޮނުވައި ދިނުމަކީ ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވުމުގައި މީގެކުރިން އެއްވެސް ފަރާތަކުން ދީފައިނުވާ ޚިދުމަތެއް ކަމަށް ވެސް ޖަމްބޯ ވިދާޅުވިއެވެ.

އަދި ސީ ފްރައިޓް ސީބީއެމްކޮށް ފޮނުވަން ބޭނުންވާ ދިވެހިންނަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ގޮތުން ސީބީއެމްއަކަށް އެ ކުންފުނިން ޗާޖުކުރަނީ 165-175 ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ.

އަދި އަންނަ މަހުން ފެށިގެން 20 ފޫޓުގެ ކޮންޓޭނަރެއް ރާއްޖެއަށް ފޮނުވައިދޭނީ، ހުރިހާ ޚިދުމަތްތަކެއް ހިމަނައިގެން، 3999 އެމެރިކާ ޑޮލަރަށެވެ. އަދި 40 ފޫޓުގެ އެޗްކިއު ކޮންޓޭނަރެއް، ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ގޮތުން، ފޮނުވައި ދިނުމަށް އެކުންފުނިން އަލަށް ތައާރަފުކުރި އަގަކީ 7590 އެމެރިކާ ޑޮލަރެވެ.

މީގެ އިތުރުން 1000 ކިލޯއަށް ވުރެ މަތިން މުދާ އެއާ ޕްރައިޓް ކުރަން ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޚާއްސަ އަގަކީ ކިލޯއަކަށް 3.45 އެމެރިކާ ޑޮލަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *