Ad

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުށައެޅި ހެކިތަކުގައި މައްސަލަތަކެއްޖެހި، ކުށް ސާބިތުނުވާކަމަށް ނިންމައިފި!

2019 ވަނަ އަހަރުގެ ކުރީކޮޅު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮއްފިއެވެ. މި މައްސަލަޔަކީ ހުޅުމާލޭ މަގުމަތިން ފުލުހުން އެމީހާ ހުއްޓުވައި، ބަލާފާސްކުރަމުން ދަނިކޮށް، އެމީހާގެ ޖީބުން މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅެއް ފެނިގެން ދައުވާ ކުރި މައްސަލައެކެވެ. އެމައްސަލާގައި ދައުލަތުން އެމީހާގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ.

ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ލިބުނު ގޮތުން، ދައުލަތުގެ ހުރިހާ ހެކިން ހެކިބަސް ދީފަވަނީ، މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅަކީ ދަޢުވާލިބޭ ފަރާތުން ޖީބުން ފުލުހުން ނެގި ދަޅެކެވެ. އެދަޅު ނެގިއިރު އެދަޅުވަނީ ޓިޝޫ ގަނޑެއްގެ ތެރެއަށްލާފައެވެ. އެދަޅު ނެގުމަށްފަހު، އޭނާ ހައްޔަރުކޮށް ފުލުހުންގެ މަރުކަޒަށް ގެންދިޔައެވެ.

ހެއްކާބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލު ޝަޒީމު ވަޙީދު ވިދާޅުވެފައިވަނީ، ދަޢުވާލިބޭ ފަރާތުގެ ޖީބުން ފުލުހުން ނެގިކަމުގައި ބުނާ މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅާއި، ދަޢުވާގައި ބުނާ މަސްތުވާތަކެތި ހުރިކަމުގައި ބުނާ ދަޅަކީ ތަފާތު 2 ދަޅެވެ. ދަޢުވާލިބޭ ފަރާތުގެ އަތުން ގެންދިޔަކަމުގައި ފުލުހުން ދަޅު، ލެބޯޓަރީއާއި ހަމައަށް ގެންދިޔަކަމެއްވެސް އެނގޭކަށް ނެތްކަމާއި، އެދަޅު ލެބޯޓަރީއަށް ގެންގޮސް ތަޙްލީލު ކުރެވުނުކަމެއްވެސް އެނގޭކަށް ނެތެވެ. ޗެއިން އޮފް ކަސްޓަޑީގެ ތަފްޞީލަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުގެ އަތުން ފެނުނުކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅާއި ފުލުހުންގެ އަތުން އަތަށް ދައުރުވި ދަޅަކީ ތަފާތު ދަޅުތަކެއްކަން ސާފުކޮށް އެނގޭކަމަށެވެ.

ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލުންގެ ގޮތުގައި ދަށު ކޯޓުގައި ވަކާލާތުކުރެއްވި މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު އަދި ކުރީގެ މާލެ އަތޮޅުގެ އިސް ގާޒީ ޢައިނާން ޢަލީ މުޙައްމަދާ އިރުވަރު ނޫހުން ސުވާލުކުރުމުން ވިދާޅުވެފައިވަނީ، މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީގައިހުރި ތާރީޚުތަކެއްގައިވެސް މައްސަލަ ޖެހިފަވެއެވެ. އެގޮތުން، ހެކި ހޯދިކަމުގައި ޗެއިން އޮފް ކަސްޓަޑީގައި ބުނާ ތާރީޚާއި ހެކިންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ މަޢުލޫމާތު ވެސް ދިމާ ނުވާކަމަށް ޝަޒީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކި ހޯދުމުގެ އިޖުރާއާތު ގޯސްވުމުގެ ނަތީޖާއަކީ ދަޢުވާލިބޭ މީހުންގެ މައްޗަށް އެދަޢުވާ ސާބިތުނުވުމެވެ. ގިނަ ފަހަރަށް ޤާނޫނާ އެއްގޮތަށް ހެއްކެއް ހޯދާފައިވިޔަސް، ފުލުހުންގެ ތަޙްލީލުކުރުމުގައި ހެދޭ ބޮޑެތި ގޯސްތަކުން ކުށް ސާބިތުނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *