ލ.ފޮނަދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.
ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިހު ޢިމްރާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދެވެ.
ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިގޮތުން މިހާރު ފުލުހުންގެ ޚިދުމަތް ދެމުން ނުދާ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ޤާއިމުކޮށް ޚިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.