Ad
މީގެކުރިން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
މީގެކުރިން ފުލުހުން އަތުލައިގަތް މަސްތުވާތަކެތި

ގދ. އަތޮޅު ފަޅު ރަށަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ގދ. އަތޮޅު ފަޅު ރަށަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިކަން ހާމަކޮށް މީޑިއާއަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. އަތޮޅުގެ ފަޅުރަށެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށެވެ.

"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިހުއްޓައެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންމެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ." ފުލުހުންގެ މެސެޖެގައި ވެއެވެ.

ފުލުހުން ފަހުން ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ ގދ. ހޯޑެއްދޫ ވަލުތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނި ނަމަަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

2019 ވަނަ އަހަރުވެސް ގދ. އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައިހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދިއެވެ. މިމައްސަލާގައި 5 މީހަކު ހައްޔަރުކުރި ނަމަވެސް މައްސަލަ ތަހުޤީޤު ކުރުމުގައި ފުލުހުން ހަދާފައިވާ އިޖުރާޢީ ގޯސްތަކުގެ ސަބަބުން މި މައްސަލަ ކޯޓުން ވަނީ ބޭރުކޮއްލާފައެވެ. މި މައްސަލަ ދައުލަތުން އިސްތުއުނާފްވެސް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *