Ad
ބަޖެޓް ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް / ފޮޓޯ: ޕީއެސްއެމް
ބަޖެޓް ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް / ފޮޓޯ: ޕީއެސްއެމް

ބަޖެޓް ކޮމިޓިގެ މުޤައްރިރަކަށް މިފަހަރުވެސް ނާޝިޒް، ނާއިބަކަށް ބިގޭ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް މިފަހަރުވެސް، ކަނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

ބަޖެޓް ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި އިޤްތިޞާދީ ކޮމެޓީ އެއްކޮއްލައިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއެކެވެ. ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް މުޙައްމަދު ނާޝިޒު ހަމަޖެއްސުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނާއިބު މުގައްރިރުކަން ކުރައްވަނީ ނާޝިޒްއާއި މުޙައްމަދު ރަޝީދެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ދައުލަތުން ހުށައެޅީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *