Ad

ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ހިނގާ ހެއަރސްޓައިލުތައް

ފުޓުބޯޅަ ކުޅުންތެރިންގެ މިޒާޖާއި އެމީހުންގެ ހެއަރސްޓައިލާއި ހެދުން އަޅާގޮތް ކޮޕީ ކުރުމަކީ ސަޕޯޓަރުންގެ ވަރަށް ބޮޑު އާދައެކެވެ. މިގޮތުން މިއަހަރު އެންމެ މަގުބޫލު ހެއަރސްޓައިލްތަކުގެ ގޮތުގައި ފާހަގަވެފައިވަނީ އަންނަނިވި ނަންތަކެވެ.

ލިސްޓްގެ އެއްވަނާގައި އަދިވެސް އޮތީ އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމެވެ. އޭނާގެ ސްޓައިލުތަކަށް އެއްވެސް ފަނޑުކަމެއް އަދިވެސް ނުލިބެއެވެ. މިހާރު ޑޭވިޑް ބެކަމް އަކީ އެމެރިކާގައި މަޝްހޫރު ފުޓްބޯޅަ ކްލަބެއްގެ ވެރިއެކެވެ.

ޑޭވިޑް ބެކަމް

ދެވަނައިގައި އޮތީ ޕޯޗްގަލްގެ ކެޕްޓަން އަދި ފޯވާޑް އަދި ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް އެންމެ ގިނައިން ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.މަސްހޫރު ރިއަލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް މިހާރު ކުޅެމުންދާ ރޮނާލްޑޯއަކީ އެންމެ ބޮޑު އާމްދަނީއެއްލިބޭ އެތުލީޓެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

ތިން ވަނައިގަ އުޅެނީ ސާޖިއޯ އެވެ. ސްޕެއިންނާއި ރިއަލްމެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެންމެ ބޮޑަށް ފަހަގަކުރެވިފައިވަނީ ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. މީގެ ހެތްކަކީ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ ގިނައިން ކާޑު ހޯދާފައިވާ ކުޅުންތެރިންގެ ތެރޭގައި ރާމޯސް ހިމެނޭކަމެވެ. ރާމޯސްއަކީ ގޯލާ ރައްޓެހި، ގޯލްޖެހުމަށް މަޝްހޫރު ޑިފެންޑަރެކެވެ.

ސާޖިއޯ ރާމޯސް

ހަތަރު ވަނަ ލިބެނީ ކަރޮސްކޯއަށެވެ. ބެލްޖިއަމްގެ ޤައުމީޓީމްގައި ވެސް ހިމެނޭ ކަރޮސްކޯއަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުރެމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

ކަރޮސްކޯ

ފަސްވަނަ އޮތީ ގަރެތު ބޭލް އަތުގައެވެ. ވޭލްސްގެ ކެޕްޓަން ކަންވެސް ކުރަމުންއަންނަ ގެރެތު ބޭލް އެންމެ ފުރަތަމަ ވިދާލީ އިނގިރޭސި ވިލާތުގެ ޓޮޓެމްހަމްއަށް ކުޅުނު ދުވަސްވަރުއެވެ. ނަތީޖާއެއްގެ ގޮތުން މަޝްހޫރު ރިއަލްމެޑްރިޑަށް ބޭލް ގެންދިޔައެވެ. ބޭލް ވަނީ ރިއަލްމެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ރިއަލްމެޑްރިޑް ޖެހިޖެހިގެން ތިންފަހަރު ޗެމްޕިއަންސްލީގް ހޯދި ފައިނަލްމެޗްގައި ލިވަޕޫލް ކޮޅަށް ބޭލް ޖެހި ގޯލަކީ ޗެމްޕިއަންސް ލީގު ތާރީހުގައިވެސް ފާހަގަކޮށްލެވޭ ރީތި ގޯލެކެވެ.

ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް

ހަ ވަނައަށް އެންމެ މަޝްހޫރު ހެއަރސްޓައިލަކީ ޓޯނީ ކްރޫޒުގެ އިސްތަށިގަނޑެވެ. ޖަރުމަނުގެ ޤައުމީ ޓީމުގައި މިހިންމު ދައުރެއް އަދާކުރާ ކްރޫޒްގެ ހެއަރސްޓައިލް މިއަދާ ހަމައަށްވެސް ބަދަލުވެފައެއް ނުވެއެވެ. ކުރޫޒް އަކީ އެއް ގޮތަކަށް ހެއަރސްޓައިލް ބަހައްޓާ މަދު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ޓޯނީ ކްރޫސް

ހަތް ވަނައިގައި އުޅެނީ ބަލޮޓެއްލީ އެވެ. ބަލޮޓެއްލީއަކީ ވަރަށް އާދަޔާ ހިލާފު ކުޅުންތެރިއެކެވެ. ދަނޑުމައްޗާއި ދަނޑު ބޭރުގައިވެސް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ކުޅުންތެރިޔަކީ ބަލޮޓެއްލީއެވެ. އިޓަލީގެ ޤައުމީޓީމާއި، ދުނިޔޭގެ މަޝްހޫރު ގިނަ ލީގުތަކުގައި ކުޅެފައިވާ މި ކުޅުންތެރިޔާގެ ކެރިއަރަށް ހުރަސްއެޅިފައިވަނީ އޭނާގެ އަހުލާޤްގެ ސަބަބުންނެވެ. މާރިއޯ ބަލޮޓެއްލީއަކީ އެންމެ ގިނައިން ހެއަރސްޓައިލް ބަދަލު ކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

މާރިއޯ ބަލޮޓެއްލީ

މި ލިސްޓްގެ އަށްވަނައިގައި އޮތީ ފްރާންސްގެ ފޯވާޑް އޮލީވިއަރ ޖިރޫޑްއެވެ. އޭނާއަށް މި ޖާގަ ލިބުނީ އޭނާގެ ފޭސްކަޓާއި ހެއަރސްޓައިލް ގުޅޭތީ ކަމަށްވެއެވެ. އާސެނަލްއިން ވިދާލި މި ކުޅުންތެރިޔާ މިހާރު ކުޅެމުންދަނީ ވާދަވެރި ޗެލްސީއަށެވެ.

ދުނިޔޭގެ އެއްވަނަ ރޭންކުގައި ހިފަހައްޓަމުން އަންނަ މަޝްހޫރު ފުޓްބޯޅަތަރި ލެއޮނަލް މެސީގެ ހެއަރސްޓައިލަށް ލިބެނީ ނުވަ ވަނަ އެވެ. ކެއިއަރުގެ ކުރީކޮޅު އިސްތަށިގަނޑު ދިގުކޮށް ފެނުނު ނަމަވެސް ފަހުން މެސީ ފެންނަމުންދަނީ އެއް ގޮތަކަށް ހުއްޓައެވެ. ނަމަވެސް ދޭތެރެދޭތެރެއިން އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައެވެ.

ލަޔަނަލް މެސީ

ލިސްޓުގެ ދިހަ ވަނައިގަ އޮތީ ގްރިޒްމަންގެ ހެއަރސްޓައިލެވެ. ފްރާންސާއެކު ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެެއް އަދާކުރި ގްރީޒްމަން އެންމެ ފުރަތަމަ ވިދާލީ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ބާސެލޯނާއިން ވަނީ ގްރީޒްމަން އެކްލަބަށް ގެންގޮސްފައެވެ. ނަމަވެސް ބާސާގައި ގްރީޒްމަން ފެންނަނީ އެކި ހެއަރސްޓައިލް ތަކުގައެވެ.

ގްރީޒްމަން

މިފާހަގަކޮށްލެވުނީ މިއަހަރު އެންމެ ހިނގާ 10 ހެއަރސްޓައިލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *