ފ ބިލެތްދޫ ރަށްވެހިކަން ދޫކުރާނަމަ 5000 ރުފިޔާގެ ފީ އެއް ނެގުމަށާއި، ބިލެތްދޫ ރަށްވެހިކަމަށް ބަދުލާވާ ފަރާތްތަކަށް 2500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ބިލެތްދޫ ކައުންސިލުން ބުނެފައިވަނި އެ ރަށުގެ ރަށްވެހިކަން ދޫކޮށްލަން ނުވަތަ އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގެ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ނެގުމަށާއި، އެހެން ރަށެއްގެ ދަފުތަރުން ކެނޑިގެން ބިލެތްދޫގެ ރަށްވެހިކަމަށް ބަދަލުވާ ފަރާތްތަކަށް 2،500 ރުފިޔާގެ ހަދިޔާއެއް ދިނުމަށް އެރަށު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ކައުންސިލްތަކުން މިފަދަ ނިންމުންތައް މީގެ ކުރިންވެސް ނިންމާފައި ވެއެވެ.
އެގޮތުން ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ، 2،000 ރުފިޔާގެ އިދާރީ ފީއެއް ނެގުމަށް މިދިޔަ މަހު ނިންމާފައިވާކަން ފާހަގަކުރެވެއެވެ.




